'ގްލޯބަލް މާޗް ޓު ޣައްޒާ': 50 ގައުމުން 10,000 މީހުން މާދަމާ ޤާފިލާއާ ގުޅި ފައިމަގުގައި ރަފަޙް ބޯޑަރަށް ދަނީ
ސަމުދް ގާފިލާ މިހާތު ދަތުރުކުރަމުން ދަނީ ލީބިޔާއިން މިޞްރަށް ދިއުމަށް

'ގްލޯބަލް މާޗް ޓު ޣައްޒާ': 50 ގައުމުން 10,000 މީހުން މާދަމާ ޤާފިލާއާ ގުޅި ފައިމަގުގައި ރަފަޙް ބޯޑަރަށް ދަނީ

"ސުމުދް' ގާފިލާއިން ހޯމަ ދުވަހު ޓިއުނީޝިއާއިން ފުރި 1000 މީހުން އިއްޔެވަނީ ދުވަހު ވަނީ ލީބިޔާއަށް ފޯރާފައި

1 day ago - 15:17
Jun 11, 2025 - 15:20

އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމު އަދި ޣައްޒާ ބަންދުކޮށްފައި އޮތް އޮތުމަށް ދުނިޔޭގެ ސަމާލުކަން އިތުރުކުރުމަށް މާދަމާ 50 ގައުމަކުން 10,000 ށްވުރެ ގިނަ މީހުން ފައިމަގުގައި ޣައްޒާއާއި މިޞްރު ގުޅޭ ރަފަޙް ބޯޑަރަށް ދިއުމަށް ދަތުރު ފަށާނެއެވެ. 

1000 މީހުންގެ ގާފިލާއެއް މިހާރުވެސް ދަނީ ޓިއުނީޝިއާއިން 9 ބަހާއި ކާރުގައި ހޯމަ ދުވަހުން ފެށިގެން ޣައްޒާއަށް ދިއުމަށް ދަތުރުކުރަމުންނެވެ. ގާފިލާގައި އަލްޖީރިއާއާއި, މޮރޮކޯ އަދި ލީބިޔާގެ އެކްޓިވިސްޓުންވެސް ގާފިލާއާ ގުޅިފައިވާއިރު އިއްޔެ ހެނދުނު ގާފިލާ ވަނީ ލީބިޔާއަށް ފޯރާފައެވެ. 

މިއަދު ލީބިޔާގައި އަރާމްކުރުުމަށްފަހު މިރޭގެ ވަގުތެއްގައި ގާފިލާ ލީބިޔާއިން މިޞްރަށް އެތެރެވުމަށް ދަތުރު ފަށާނެއެެވެ. ނަމަވެސް ގާފިލާއަށް ލީބިޔާގެ އިރުމަތީ ސަރަހައްދަށް ވަނުމުގެ ހުއްދަ އާއި ލީބިޔާ ހުރަސްކޮށް މިޞްރަށް އެތެރެވުމުގެ ހުއްދަ އަދިވެސް ނުލިބެއެވެ.

Advertisement

'ދި ކޯޑިނޭޝަން އޮފް ޖޮއިންޓް އެކްޝަން ފޯ ޕަލަޞްޠައިން' އިން އިންތިޒާމްކުރާ މި ހަރަކާތަކީ ޙާއްސަކޮށް އަރަބި ލީޑަރުންނަށް އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމަށް ފިއްތުންތައް ކުރިމަތިކުރުވުމެވެ.

ސުމުދް ގާފިލާއަށް އެންމެ ބޮޑު އެހީތެރިކަމެއްދެނީ ޓިއުނީޝިއަން ޖެނެރަލް ލޭބަ ޔޫނިއަން, ނޭޝަނަލް ބާ އެސޯސިއޭޝަން, ޓިއުނީޝިއަން ލީގު ފޮރ ހިއުމަން ރައިޓްސް  އަދި ޓިއުނީޝިއަން ފޯރަމް ފޮރ އިކްނޮމިކް އެންޑް ސޯޝަލް ރައިޓްސްއެވެ.

މިޞްރުގައި ތިބި އެމީހުންގެ އެކްޓިވިސްޓުން ވަނީ 50 ގައުމަކުން މާދަމާ މިޞްރަށް ގާފިލާއާ ގުޅުމަށް ބައިވެރިން ދަތުރުކުރަމުންދާކަމަށް ބުނެފައެވެ. އެ ޤަައުމުތަކުގެ ބައިވެރިން މިޞްރަށް އައުމާއެކު ފައިމަގުގައި އެންމެން އެކުގައި ރަފަޙްއަށް ދިއުމަށް ދަތުރު ފަށާނެއެވެ.

ރަފަޙް ބޯޑަރާ ހަމައަށް އެމީހުން ދާނީ ކިހިނެތް!

ގާފިލާ މިހާރު އަރާމުކުރުމަށް މަޑުކޮށްގެން ތިބީ ލީބިޔާގައެވެ.އިރުމަތީ ލިބިޔާ ހުރަސްކުރުމުގެ ހުއްދަ ލިބުމުން މިޞްރުގެ ވެރިރަށް ކައިރޯއަށް ދިއުމަށް އަނެއްކާވެސް ދަތުރު ފަށާނެއެވެ.

"މިތާގައި ތިބި ގިނަ މީހުން ތިބީ ވަރަށް އަޒުމު ވަރުގަދަކޮށް, އަދި ޣައްޒާގައި ހިންގަމުން ގެންދާ ކަންތަކާމެދު ލޭ ކެކި ކެކި" ލީބިޔާއަށް ގާފިލާ ފޯރުމުގެ ކުރިން ޓިއުނީޝިއާގެ ހިސާބަކުން ގާފިލާއާ ގުޅުނު  ޓިއުނީޝިއާގެ ނޫސްވެރިޔާ ގަޔާ ބެން މުބާރެކް ބުންޏެވެ.

މުބާރަކް ގާފިލާއާ ގުޅުނީ ނޫސްވެރިންނަށްވެސް ޤަތުލްއާންމު ހުއްޓުވާ, ހައިހޫނުކަމުން ޣައްޒާގެ ރައްޔިތުން ހައިހޫނުކަމަުން ސަލާމަތްކޮށް ތާރީޙްގެ 'ރަނގަޅު ފަޅީގައި' ހުރުމުގެ ހައްގު އޮތްކަަމަށް ބުނެއެވެ. 

ސުމުދްއިން ވަނީ ކައިރޯގައި ތިބި އެކްޓިވިސްޓުންނާ ގުޅިފައެވެ. މިޞްރަށް އެރެތެވުމަށްފަހު ގާފިލާގެ މިސްރާބު ހުންނާނީ ސައިނާއި ޕެނިންސިއުލާގެ އަލް-އާއިޝްއަށެވެ. އޭގެ ފަހުން ގާފިލާ ދެން ރަފަޙްއަށް ދަތުރުކުރުމަށްޓަކައި ތިންދުވަހުގެ ދަތުރަކަށް ފަށާނެއެވެ.

ދަރުތުގައި ދިމާވާނެކަމަށް ބެލެވެނީ ކޮންކަހަލަ ގޮންޖެހުންކެއް!

ގާފިލާ މިހާރު އެ އިންތިޒާރުކުރަނީ ލީބިޔާގެ އިރުމަތީ ފަޅިއަށް ދިއުމުގެ ހުއްދައަށެެވެ. ލިބިޔާގެ ދެފަޅީގައި ވާދަވެރި  ދެ ސަރުކާރެއް އޮވެއެވެ. ހުޅަނގުން ލީބިޔާއަށް ވަނުމުގައި ގާފިލާއަށް އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވެއެވެ. ގާފިލާއިން މިހާރުވެސް ލީބިޔާގެ އިތުމަތީފަޅީގެ އިދާރާތަކާ މަޝްވަރާ ކުރަމުން އަންނަކަމަށް އަލްޖަޒީރާއިން ވަނީ މައުލޫމާތު ދީފައެވެ.

ގާފިލާއިން ދަތުރުކުރަމުންދާ ބައިވެރިން ޣައްޒާއަށް އެެތެރެވުމަށް އުއްމީދު ނުކުރާކަމަށް މީގެ ކުރިން އެމީހުން އެސޯސިއޭޓަޑް ޕްރެސްއަށް ބުނެފައި ވެއެވެ. ނަމަވެސް އެމީހުންގެ ދަތުރަކީ ވަށައިގެންތިބި އަރަބި ގަޢުމުތަކުގެ ލީޑަރުންނަށް ޤަތުލްއާންމު ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްކުރުމަށް ފިއްތުންތައް ކުރިމަތު ކުރުމެވެެ.

އަނެއް ގޮންޖެހުމަކީ މިޞްރެވެ. އެއި އަލް-އާރިޝް އާއި ޣައްޒާއާ ދެމެދުގެ ރާސްތާއަކީ މިޞްރުގެ އަސްކަރީ ޒޯނެއްކަަމަށް ކަނޑައަޅާފައިވާ ސަރަހައްދަކަށް ވުމެވެ. އެސަރަހައްދުގައި ދިރިއުޅޭ ބަޔަކަށް ނޫނީ އެސަރަހައްދު ހުރަސްކުރުމުގެ ހުއްދައެއް ނޯވެއެވެ.

މިޞްރުގެ ސަރުކާރުން އެސަރަހައްދު ގާފިލާ ދަތުރުކުރުމަށް ހުޅުވާލާނެކަން އަދި ނޫންކަންވެސް ބުނެފައެއް ނުވެއެވެ. 

"އަހަންނަށް ހިއެއްނުވޭ ރަފަހް ބޯޑަރާ ހަމައަށް ދާން މިސްރު ސަރުކާރުން ހުއްދަ ދޭނެހެނެއް. އެއީ އަބަދުވެސް މިޞްރުގެ ޤައުމީ ސަލާމަތް އިސްކުރާތީ" ސަލާމަތީ ސަބަބުތަަށްޓަކައި ނަންހާމަކުރަން ބޭނުންނުވާ އެކްޓިވިސްޓަކު އަލްޖަޒީއަށް ބުންޏެވެ.

ގާފިލާއަށް ރަފަޙް ބޯޑަރާ ހަމައަށް ދެވުނަސް އެހިސާބުން ޔަހޫދީ ސިފައިންނާ ކުރިމަތިލާންޖެހޭނެއެވެ.

އެކްޓިވިސްޓުން މި މަގު ހިޔާރުކުރީ ކީއްވެ!

ޣައްޒާ މަރަށްތެޅެމުންދާތާ އެތައް ދުވަހެއް ވެފައިވާއިރު ފަލަޞްޠީނުގެ ރައްޔިތުންނަށްޓަކައި ގިނަ ޤަމުތަކެއްގައި ބޮޑެތި ހަރަކާތްތަކެއް އަންނަނީ ބާއްވަމުންނެވެ.

20 މަސްދުވަސް ވީ ދިގު ޤައުލްއާންމު ފެށިފެހުން ގިނަ ޤައުމުތަކަކުން އެޤައުމުތަކުގެ އާންމުން ވެރިކަންކުރާ ރަށްތަަކުގައި ބޮޑެތި މުޒާހަރާތައް ކުރިއެވެ. ބައެއް ޤައުމުތަކުން އިޒްރާއިލްގެ ޕާސްޕޯޓްގައި އެގައުމުތަަކަށް އެތެރެނުވެވޭ ގޮތް ހެދިއެވެ. ޤަތުލްއާންމަށް މަޑުޖެހުމެއް ނައެވެ. 

އިންސާނި އެހީ ހިފައިގެން ކަނޑުމަގުން 18 އަހަރުވަންދެން އޮތް ޣައްޒާ ބްލޮކޭޑް ފުނޑާލުމަށް 2008 ން ފެށިގެން ފްރީޑަމް ފްލޮޓީލާ ކޯލިޝަންގެ އުޅަނދުތައް އެތައް ފަހަރެއްހެ މަތިން ދަތުރުކޮށްފިއެވެ. އެންމެފަހުން ޖޫން 9 ގައި ވެސް މެޑްލީން ކިޔާ ޔޮޓެއް އޭގެހަފުތާއެއް ކުރިން ފެށި ފަތުރު ނިމުނީ ބޯޓަށް ޔަހޫދީ ސިފައިން އަރާ އޭގައިތިބި 12 ފަޅުވެރިން ވަގަށްނެގި ހިސާބުންނެވެ.

ގްލޯބަލް މާޗު ކާމިޔާބުވާނެތަ!

ޣައްޒާއަށް ފޯރާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތަސް އެމީހުން ކުރިއަށްދާނެއެވެ.

އެމީހުން ބުނާގޮތުން އަތްއުރާލައިގެން ތިބޭ ކޮންމެ ސިކުންތަކީ އިޒްރާއިލްގެ އަނިޔާވެރިކަން ފަލަޞްޠީނުގެ ރައްޔިތުންނަށްޓަކައި ހައްދުފަހަނައަޅައިގެންދާ ވަގުތެކެވެ. އަދި ޣައްޒާގެ ނަޞްލު ނައްތާލެވެންދެން ނޫނީ އެންމެން މަރާ ހުސްކުރުމަށްފަހު ނޫނީ ސަޙްޔޫނީ ބައިގަނޑު ހުއްޓާލާކަށް ނެތެެވެ.

"މި ގާފިލާއިން ދުނިޔެއަށް ދޭން ބޭނުންުވާ މެސެޖަކީ ކަނޑުންނާއި, ވައިގެ މަގުން އަހަރެން ހުއްޓުވިއްޔާ ހާހުން, ދިހަހާހުން އެއްގަމުމަގުން އަހަރެމެން އަންނާނަމޭ" ބެން މުބާރެކް ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow