ޝެއިޚު ފަރީދުގެ ނަމުގައި މިސްކިތް ބިނާކުރަން ފަންޑު ހަމަވެއްޖެ, ރާއްޖޭގައި މިސްކިތް ބިނާކުރަން ގިނަބަޔަކު އެދެނީ
މަރުހޫމް ޝެއިޚު ފަރީދު

ޝެއިޚު ފަރީދުގެ ނަމުގައި މިސްކިތް ބިނާކުރަން ފަންޑު ހަމަވެއްޖެ, ރާއްޖޭގައި މިސްކިތް ބިނާކުރަން ގިނަބަޔަކު އެދެނީ

1 day ago - 12:58
Jun 11, 2025 - 12:59
Advertisement
Advertisement

ކުއްލިގޮތަކަށް މެލޭޝިޔާ އެއަޕޯރޓްގައި ނިޔާވި ދީނީ ޢިލްމްވެރިޔާ ޝައިޚު އިބްރާހީ ފަރީދުގެ ނަމުގައި މިސްކިތެއް އެޅުމަށް ފަންޑޮ ހޯދަން ހުޅުވާލިތާ މަދުގަޑިއިރުތަކެއްގެ ތެރޭގައި ފަންޑް ހަމަވެއްޖެއެވެ.

މިސްކިތެއް ބިނާކުރުމުގެ މަސައްކަތަށް އިސްނަގާ, ފަންޑް ހޯދަން ހުޅުވާލީ ޚިދުމަތް ޖަމްއިއްޔާއިންނެވެ. އެއީ ޝެއިޚު ފަރީދު މަސައްކަތްކުރައްވާ, ވަރަށްބޮޑު ބައިވެރިވުމެއް އޮތް އިންސާނީ އެހީތެރިކަން ދީ, ދައުވަތު ފެތުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ. އެޖަމްއިއްޔާއިން ހުޅުވާލީ ޝެއިޚުގެ ނަމުގައި ބަނގްލަދޭޝްގައި މިސްކިތެއް ބިނާ ކުރުމަށެވެ.

ބަނގްލަދޭޝްއަކީ ޚިދުމަތް ޖަމްއިއްޔާއިން އެހީގެ ހަރަކާތްތައް ވަރަށް ބޮޑަށް ކުރިއަށްގެންދާ ގައުމެކެވެ. އެޕްރޮގްރާމްތަކުގައި ޝެއިޚު ވަރަށްގިނައިން ވަޑައިގަންނަވައެވެ.

ޚިދުމަތް ޖަމްއިއްޔާއިން ބަނގްލަދޭޝްގައި މިސްކިތް އަޅަން ނިންމާފައިވީނަމަވެސް ވަރަށްގިނަ ފަރާތްތަކުން ރާއްޖޭގައި މިސްކިތް އެޅުމަށް އެދެމުންދާތީ އެކަމުގެ މަޝްވަރާތައް ޖަމްއިއްޔާއިން ވަނީ ފަށާފައެވެ.

Advertisement
Advertisement

ބަނގްލަދޭޝްގައި އިމާރާތްކުރަން ނިންމާފައިވަނީ 455 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ޝެއިޚު ފަރީދުގެ ޖަނާޒާގެ ކަންކަން މިއަދު މެލޭޝިޔާގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement