ސަލީމާއި ހަމީދުގެ ނަން ސްޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސް މަޖިލިހަށް ފޮނުއްވައިފި
ސްޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް ފޮނުއްވި ދެބޭފުޅުން

ސަލީމާއި ހަމީދުގެ ނަން ސްޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސް މަޖިލިހަށް ފޮނުއްވައިފި

ޖޭއެސްސީން ލަފާދެއްވީވެސް އެދެބޭފުޅުން އައްޔަން ކުރެއްވުމަށް

11 months ago - 10:54
Jun 2, 2025 - 10:55
Advertisement
Advertisement

ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ހައިކޯޓްގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި, ހައިކޯޓްގެ ކުރީގެ ފަނޑިޔާރު ޢަބްދުالله ހަމީދުގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފިއެވެ.

ރައީސް މަޖިލިހަށް ފޮނުއްވި ދެ ބޭފުޅުންނަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންވެސް ސްޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވި ދެ ބޭފުޅުންނެވެ. ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ އެދެބޭފުޅުން ސްޕްރީމް ކޯޓަށް އައްޔަންކުރެއްވުމުގެ މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ.

ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުންގެ މަގާމް ހުސްވީ އެކޯޓްގެ ދެ ފަނޑިޔާރުންކަމަށްވާ ޑރ.އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބެލުމަށްފަހު މަޖިލިހަށް ހުށަހަޅުއްވައިގެން މަގާމުން ވަކިކުރެއްވުމުންނެވެ.

ރައީސް މަޖިލިހަށް ފޮނުއްވި ދެ ބޭފުޅުންނަނީ ޖޭއެސްސީން އެންމެ މަތީން މާކްސް ދެއްވި ދެބޭފުޅުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement