
ރެކޯޑު އަދަދަކަށް ޝޮޓު ހެދިނަމަވެސް ބާސެލޯނާއަށް ހަނިމޮޅެއް
ސްޕެނިޝް ލަލީގާގައި ރޭ މަލޯކާ އާ ދެކޮޅަށް 40 ޝޮޓު ހެދިނަމަވެސް ބާސެލޯނާއަށް ލިބުނީ ހަނި މޮޅެކެވެ. އެހެންނަމަވެސް އަނެއްކާވެސް ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށް ބާސެލޯނާ އަނެއްކާވެސް ވަނީ އެއްވަނަ މަޤާމުގައި ރަނގަޅަށް ހަމަޖެހިލާފައެވެ. ބާސެލޯނާ މެޗު ކާމިޔާބުކުރީ 1-0 ންނެވެ.
މެޗުގެ ހަމައެކަނި ގޯލް ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓް ތެރޭގައި ކާމިޔާބުކުރީ ޑެނީ އޮލްމޯއެވެ. އެއީ އެރިކް ގާސިއާ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
މެޗުގައި ބާސެލޯނާއިން ވަނީ ރެކޯޑް އަދަދަކަށް ޝޮޓު ހަދާފައެވެ. މިއީ ލަލީގާގެ މެޗެއްގައި 2003 ގެ ފަހުން ބާސެލޯނާއިން އެންމެ ގިނަ ޝޮޓު ހެދި މެޗެވެ. އެއީ 2011ވަނަ އަހަރު ރެއާލް ޒަރަގޯޒާއާ އެއްވަރުވި މެޗުގައެވެ.
މި ކާމިޔާބީ އާއެކު ބާސެލޯނާ އަނެއްކާވެސް ވަނީ ތާވަލްގައި ހަތް ޕޮއިންޓްގެ ސާފު ލީޑެއް ހޯދާފައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑް ޕޮއިންޓްގެ ފަރަގު ކުޑަކުރަން ބުދަ ދުވަހު ގެޓާފޭ އާ ދެކޮޅަށް ނިކުންނާނެއެވެ. އޭގެ ފަހުން ކޮޕާ ޑެލް ރޭ ފައިނަލްގައި ކްލެސީކޯގެ ވާދަވެރިން ހޮނިހިރު ދުވަހު އެކުގައި ފެންނާނެއެވެ.
"އެއީ 40 ޝޮޓު. ފަހަރުގާ އަމާޒަށް 40 ޝޮޓަށް ނުވެދާނެ. އެކަމުވެސް އެއީ 40 ޝޮޓު. އަހަރެމެން ކުޅުނީ ވަރަށް ރަނގަޅަށް. ގިނަ ޗާންސްތަކެއް އަހަރެމެން ހޯދިން. އެހާގިނަ ޗާންސް ގެއްލުނުވެސް މެ" ގަބޫލު ނުކުރެވިފައި ހުރި ގޮތަކަށް މެޗަށްފަހު ބާސާގެ ކޯޗު ހެންސީ ފްލިކް ބުނެފައިވެއެވެ.
ރިއެކްޝަންސް






