ޔަމާލްގެ ދެ ގޯލާއެކު ފްރާންސް ބަލިކޮށް, ސްޕެއިން ނޭޝަންސް ލީގު ފައިނަލަށް
ސްޕެއިންގެ ޔަމާލް އަދި އެހެން ކުޅުންތެރިން ގޯލް ޖެހުމަށްފަހު އުފާފާޅުކުރަނީ

ޔަމާލްގެ ދެ ގޯލާއެކު ފްރާންސް ބަލިކޮށް, ސްޕެއިން ނޭޝަންސް ލީގު ފައިނަލަށް

16 hours ago - 06:29
Jun 6, 2025 - 06:40

ޔުއެފާ ނޭޝަންސްލީގު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ދެ ގޯލާއެކު 5-4 ން ފްރާންސް ބަލިކޮށް ސްޕެއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެެވެ.

ފޯރިގަދަ ސެމީއަކަށް ފަހު ޕޯޗުގަލް އާ ފައިނަލްގައި ބައްދަލުކުރާނެ ޓީމް ކަނޑައެޅިގެން ދިޔައިރު ފްރާންސްގެ ގޯލްތައް ޖަހާފައި ވަނީ ސްޕެއިން އިން 4 ގޯލް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައެވެ. 

17 އަހަރުގެ ބާސެލޯނާގެ ފޯވާޑް, ޔަމާލްއަކީ މިސީޒަންގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލެންޑޯ އެވޯޑް ހޯދާނެކަމަށް ބެލެވޭ ކުޅުންތެރިޔާ އެވެ. މެޗުގައި ޔަމާލްގެ ފުރަތަމަ ގޯލް ފެނުނީ ދެވަނަ ހާފުގައެވެ. 54 ވަނަ މިނިޓްގައި ފެނަލްޓީއަކުން ޔާމާލްގެ ފުރަތަމަ ގޯލް ކާމިޔާބުކުރިއިރު 67 ވަނަ މިނިޓްގައި އޭނާގެ ދެވަނަ ގޯލް ކާމިޔާބުކުރީ ޕެޑްރޯ ޕޯރޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. 

ފްރާންސްގެ އެޑްރިއެން ރެބިއޮޓް ކުރި ފައުލަކާ ގުޅިގެން ލިބުނު ފެނަލްޓީ ހަމަޖެހިލައިގެން ހުރެ ޔާމާލް ފޮނުވާލިއިރު ފްރާންސްގެ ކީޕަރު މިކޭލް މެއިގްނަން އަށް ޑައިވްކުރެވުނީވެސް ނުބައި ފަޅިއަކަށެވެ.

Advertisement
Advertisement

ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އަށް މެޗުގައި ލީޑު ނަގައިދިނީ 23 ވަނަ މިނިޓްގައި ނިކޯ ވިލިއަމްސްއެވެ. އޭނާ ވަނީ މެޗުގައި ސްޕެއިންއަށް އިތުރު ގޯލެއް ޖެހުމުގައި ވެސް އެހީތެރިވެދީފައެވެ. 

25 ވަނަ މިނިޓްގައި ސްޕެއިންއަށް ލީޑު ފުޅާކޮށްދިނީ ލީޑު ނެގުމުގައިވެސް އެހީތެރިވި މިކޭލް އޮޔަތަބެލްއެވެ. ސްޕެއިންގެ ހަތަރުވަނަ ގޯލް ކާމިޔާބުކުރީ މެދުތެރެއަށްކުޅޭ ޕެޑްރީއެވެ.

ސްޕެއިން އިން 4 ގޯލް ކާމިޔާބުކޮށް މެޗުގެ ބޮޑު ބައެއް ކުޅުން އިރުވެސް ގޯލެއް ކާމިޔާބުނުކުރެވި އޮތް ފްރާންސުން އެމީހުންގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ 59 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއެއްގައި ކީލިއަން އެމްބާޕޭ އެވެ. 79 ވަނަ މިނިޓްގައި ފްރާންސުން ފަރަގު ކުޑަކުރީވެސް އެމްބާޕޭ ތަނަވަސްކޮށްދިން ފުރުޞަތުގައެވެ. ބަދަލުކުޅުންތެރިޔާ ރާޔަން ޝާކީ އެގޯލް ކާމިބުކޮށްދިން އިރު އޭގެ 5 މިނިޓް ފަހުން ސްޕެއިންގެ ޑިފެންޑަރު ޑެނީ ވިވިއަން  އަތުން ބައިކޮޅަށް ވައިން ގޯލާއެކު ފްރާންސުން ވާނީ ނަތީޖާ 5-3 ށް ބަދަލުކޮށްފައެވެ. 

ފްރާންސްގެ ފަހު ގޯލް މެޗުގެ ފުރިހަމަ ވަގުތުގެ ނިމި އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކޮލާ މުއާނީއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow