ފުވައްމުލައް ސިޓީ މާދަމާ ކުޅޭ މެޗަށް މެންބަރު އިއްބެ 100 ސަޕޯޓަރަކަށް ޓިކެޓު ދެނީ
ވަނުމަށް ޓިކެޓު ބޭނުންވާ ފަރާތްތަކުން އެމް.ޕީގެ ރަސްމީ ފޭސްބުކް ޕޭޖަށް ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް ޖަހާފަ މެސެޖު ކުރުމުން ޓިކެޓު ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް
މާލޭގައި މިހާރު ކުރިއަށް ފޯރިގަދަ ފުޓުބޯޅަ މުބާރާތުގެ ކުއާޓާފައިނަލުގައި ފުވައްމުލައް ސިޓީ ކުޅޭ މެޗަށް ވަންނަ 100 ސަޕޯޓަކަށް ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު އިބްރާހީމް ހުސައިން އިއްބެ ނިންމަވައިފިއެވެ.
ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގައި މާދަމާ ހަވީރު 15:50 ގައި ފުވައްމުލައް ސިޓީ ނުކުންނާނީ މުބާރާތުގައި އެންމެ ރަނގަޅު ފޯމުގައި ކުޅެމުން އަންނަ އެއް ޓީމު ކަމަށްވާ ރ. އަލިފުށްޓާ ދެކޮޅަށެވެ.
އަމާޒް މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިއްބެ ވިދާޅުވީ މާދަމާ ފުވައްމުލައް ސިޓީ ކުޅޭ މެޗަށް މާލޭގައި ދިރިއުޅޭ ވީހާވެސް ގިނަ ސަޕޯޓަރުން ދިއުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.
އިއްބެ ވިދާޅުވީ މެޗަށް ވަނުމަށް ޓިކެޓު ބޭނުންވާ ފަރާތްތަކުން އެމް.ޕީގެ ރަސްމީ ފޭސްބުކް ޕޭޖަށް ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް ޖަހާފަ މެސެޖު ކުރުމުން ޓިކެޓު ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އިއްބެ ވިދާޅުވީ ނައިންޓީ ޕްލަސް ގޯލްޑްކަޕްގައި ކުޅެމުން އަންނަ އެންމެ މޮޅު ޓީމަކީ ފުވައްމުލައް ސިޓީކަން އެޓީމުން ސާބިތު ކޮށްދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފުވައްމުލައް ސިޓީގެ ޓީމަކީ މިފަދަ މެޗަކުން މޮޅުވެވޭ ވަރުގެ ހުނަރުވެރި ޓީމެއް ކަމަށާއި ދެން ބޭނުންވަނީ ސަޕޯޓަރުންގެ އަޑު ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ 12 ވަނަ ކުޅުންތެރިޔާގެ އަޑު މާދަމާގެ މެޗުގެ އެންމެ ފަހު ސިކުންތާ ޖެހެންދެން އެއްވާނެއްގައި ހިފަހައްޓާލަން. އަޅުގަނޑު އެދެން. ވީހާވެސް ގިނަ ބަޔަކު ދަނޑަށް ވަދެ ޓީމަށް ތަރުހީބުދޭން." ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވިދާޅުވިއެވެ.
އިއްބެ ވިދާޅުވީ މި މުބާރާތުގައި ފުވައްމުލައް ސިޓީގެ ހުނަރުވެރި ޓީމުން ދައްކަމުން އަންނަ ކުޅުމާއެކު ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެކަތިގަނޑަކަށްވެ އެއްބައިވަންތަ ވެފައިވާ ކަމަށެވެ.
އަދި ޓީމުގެ މޮޅު ކުޅުމަށްޓަކައި މުޅި ފުވައްމުލައް ފަޚުރުވެރިވެ އުފާ ކުރާ ކަމަށެވެ.
ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވަނީ އެންމެ ފަހުން ފުވައްމުލައް ސިޓީ ކުޅުނު ދެމެޗަށްވެސް ސަޕޯޓަރުން ގެންދިއުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި ދަނޑަށް ވަޑައިގެން އަމަލީ ގޮތުން ޓީމަށް ތަރުހީބު ދެއްވާފައެވެ.
އިއްބެ ވިދާޅުވީ މެޗަށް ވަނުމަށް ޓިކެޓު ބޭނުންވާ ފަރާތްތަކުން އެމް.ޕީގެ ރަސްމީ ފޭސްބުކް ޕޭޖަށް ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް ޖަހާފަ މެސެޖު ކުރުމުން ޓިކެޓު ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ރިއެކްޝަންސް