ސައީދު އިސްތިއުފާދެއްވީ ސިއްޙީ ސަބަބުތަކަކާހެދި
ފޮޓޯ: ޕީ.އެސް.އެމް

ސައީދު އިސްތިއުފާދެއްވީ ސިއްޙީ ސަބަބުތަކަކާހެދި

އިސްތިއުފާ ދެއްވުމުގައި ސިޔާސީ އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ސައީދު ވަނީ ވިދާޅުވެފަ

1 year ago - 12:02
Advertisement
Advertisement

ސިއްޚީ ސަބަބުތަކަކާހެދި ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ސައީދު އިސްތިއުފާ ދެއްވައިފިއެވެ.

މަގާމާ ޙަވާލުވިތާ ހަތަރު މަސް ހަމަވާން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް އިއްޔެ ސައީދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ދައުލަތު މީޑިއާ ހިންގަމުން އަންނަ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ސައީދު ހަވާލުވެވަޑައިގަތީ މިދިޔަ އޮގަސްޓުމަހުގެ 25 ވަނަ ދުވަހުއެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ސައީދު އިސްތިއުފާ ދެއްވާފައި މިވަނީ ދައުލަތުގެ މީޑިއާއިން ޤުރުއާން އެޑިޓް ކޮށް ދެއްކުމާއި ބޭއަދަބީ މަންޒަރެއް އޮން-އެއާ ކުރުމުގެ މައްސަލައެއް ފެންމަތިވެ އެކަމުގެ ފާޑު ކިއުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެހެން ނަމަވެސް ސައީދު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވުމުގައި ސިޔާސީ އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި އިސްތިއުފާ ދެއްވީ ސިއްޚީ ހާލަތު ހުރި ގޮތުން ކަމަށެވެ.

ސައީދު ވަނީ މީގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަންންޓް ސެކްޓްރީކަންވެސް ކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement