ކެފޭއަކަށް ވަދެ ތޫނު އެއްޗަކުން ބިރުދައްކައި އިންޒާރު ދިން މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފި
އެ ދެމީހުންގެ ބންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހައިދީފަ
މާލޭގައި ހިންގަމުން އަންނަ ކެފޭއެއްގެ ތެރެއަށްވަދެ އެތަނުގައި ތިބި މީހުންނަށް ބިރުދައްކައި ތަކެއްޗަށް ގެއްލުން ދިން 2 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މިދިޔަ ބުރާސްމަތިދުވަހު ކެފޭއެއްގެ ތެރެއަށް ވަތް ހިންގި މިއަމަލާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ގއ.ދެއްވަދޫ ވައިލެޓުމާގެ އުމުރުން 31 އަހަރުގެ އަހުމަދު ތައުފީގާއި ބ.ތުޅާދޫ މީޒާން، އުމުރުން 44 އަހަރުގެ އަސަދުއްﷲ ޚާތިމްއެވެ.
ފުލުހުން ވިދާޅުވީ މާލޭގެ ކެފޭއަކަށްވަދެ ތޫނުހަތިޔާރު ބޭނުން ކޮށްގެން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބިރު ދެއްކި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުން ހައްޔަރު ކުރީ މިދިޔަ ހޯމަދުވަހު ކަމަށެވެ.
އަދި އެދެމީހުންގެ ބަންދަށް މިހާރު 5 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މާލޭގައި ހިންގާ ލެޓްސް ކޮފީ ނަމަކަށް ކިޔާ ކެފޭއަކަށް ބަޔަކު ވަދެ އެތަނުގައި ތިބި މުވައްޒަފުންނަށް ބިރުދައްކައި ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކެފޭގައި ހަރުކޮށްފައިވާ ބައެއް ތަކެއްޗަށް އެ މީހުން ވަނީ ގެއްލުންދީފަ އެވެ. އަދި އެލުވާފައިވާ އެ ތަކެތި ނައްޓައި މިއީ ދިވެހިރާއްޖެ ކަމަށާއި މިތަނުގައި އެކަން ނުކުރެވޭނެ ކަމަށްވެސް ބުނާ އަޑު އިވެއެވެ.
ރިއެކްޝަންސް