ވޭޕް ބޭނުންކޮށްގެން 4 މީހަކު ޖޫރިމަނާކޮށްފި
ވޭޕް ބޭނުންކުރުން މަނާކުރީ ރައްޔިތުން އެދިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފަ

ވޭޕް ބޭނުންކޮށްގެން 4 މީހަކު ޖޫރިމަނާކޮށްފި

ޖުމްލަ ޖޫރިމަނާގެ އަދަދަކީ 20,000 ރުފިޔާ

1 year ago - 16:03
Dec 18, 2024 - 16:04
Advertisement
Advertisement

ވޭޕް ބޭނުންކޮށްގެން 4 މީހަކު ޖޫރިމަނާކޮށްފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނުގެ ދަށުން މިހާތަނަށް 4 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެއީ ޖުމްލަ 20,000 ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ.

އެހަތަރު މީހުންނަކީ އިއްޔެ އާއި މިއަދު ޖޫރިމަނާ ކުރި މީހުންނެވެ. ފުލުހުން ބުނީ ޖޫރިމަނާ ކުރީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. އިން ޖޫރިމަނާ ކުރާނެއެވެ. އަދި ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000ރ. ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ވޭޕް ވިއްކައިފިނަމަ 20,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ޤާނޫނުގައި ވަނީ ހިމަނާފައެވެ. އަދި ވިއްކާ ކޮންމެ ވޭޕަކަށްވެސް 10,000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެއެވެ.

ވޭޕް އެތެރެކުރުން މަނާކުރީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި ވޭޕް ބޭނުން ކުރުން މަނާކުރީ މިމަހުގެ 15 ން ފެށިގެންނެވެ. ޤާނޫނު ތަންފީޒު ކުރާނެ ކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement