ހުއްދަނެތި ބާއްވާ އެއްވުންތައް ރޫޅާލާނެކަމުގެ އިންޒާރު ދިވެހިފުލުހުންގެ ޚިދުމަތުންދީފި
ގަވާއިދާޢި ޚިލާފަށް މުޒާހަރާކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވި / ފޮޓޯ: ފުލުހުން

ހުއްދަނެތި ބާއްވާ އެއްވުންތައް ރޫޅާލާނެކަމުގެ އިންޒާރު ދިވެހިފުލުހުންގެ ޚިދުމަތުންދީފި

19 hours ago - 21:49
May 2, 2025 - 22:02
Advertisement
Advertisement

ހުއްދަ ނެތި ބާއްވާ އެއްވުންތައް ރޫޅާލައި، ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ޚިދުމަތުން އިންޒާރުދީފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ހުއްދަ ހޯދުމަކާ ނުލައި މާލޭގައި އެއްވެވޭނެ ތަންތަން އިތުރުކޮށް މިރޭ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ގަވާއިދު އަލުން ގެޒެޓްކުރުމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައެވެ.

ފުލުހުން ވިދާޅުވީ އާންމު ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށާއި، އަދި ޤާނޫނާ ޚިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމުގައި ޤާނޫނީ ބާރުގެ ބޭނުންކޮށް، ފިޔަވަޅު އަޅާނެ ކަމަށެވެ.

މިރޭ ހޯމް މިނިސްޓްރީން ނެރުނު އިއުލާނުގައި ހުއްދަ ހޯދުމަކާ ނުލައި މާލޭގައި އެއްވެވޭނެ 4 ސަރަޙައްދުގެ ގޮތުގައި ކަނަޑައަޅާފައި ވަނީ  ހެންވޭރު ކާނިވާ ސަރަޙައްދާއި، ރަސްފަންނު ސަރަޙައްދާއި، މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަޙައްދާއި އަދި އުސްފަސްގަނޑު ސަރަޙައްދެވެ.

Advertisement
Advertisement

ފުލުހުންގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ޤާނޫނާ އެއްގޮތަށް ބާއްވާ ސުލްޙަވެރި އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މާލޭގައި މިފަހަކަށް އައިސް ސިލްސިލާކޮށް މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި މި ހުސްވިމަހުގެ 18 ވަނަ ދުވަހުގެ ރޭ އުސްއިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މަރިޔަމް ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުންތަކެއް ކުރަމުންގެންދާ ސިލްސިލާ މުޒާހަރާވެސް ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement