ހިޔާ ފްލެޓަކުން މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު 4 މީހުން ހައްޔަރުކޮށްފި

ހިޔާ ފްލެޓަކުން މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު 4 މީހުން ހައްޔަރުކޮށްފި

ކޯޓުގެ އަމުރެއްގެ ދަށުން މި 4 މީހުންވެސް ހައްޔަރުކޮށްފައިވަނީ H9-20-11 އިން ކަމަށް ފުލުހުން ވިދާޅުވެއެވެ.

1 year ago - 10:25
Dec 24, 2024 - 10:38
Advertisement
Advertisement

ހިޔާ ފްލެޓެއްގެ އެޕާތްމެންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު 4 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް (40އ) އާއި ގދ. ކޮލަމާފުށި/ އޯޝަންބްލޫ، ޢަބްދުﷲ ޙަސަން (41އ) އާއި ހދ. ނޭކުރެންދޫ/ އިރުދޭމާގެ، ޙުސައިން ރިޔާޒު (33އ) އަދި ގއ. ދާންދޫ/ ވަލުތެރޭގެ، ޢަބްދުﷲ ޖަމީލު (32އ) އެވެ. 

ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހިޔާ ފްލެޓް H9-20-11 ވަނަ އެޕާޓްމެންޓް ބަލާ ފާސް ކޮށްފައިވާ ކަމަށާއި އެތަނުން މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement