ރައީސުލްޖުމްހޫރިއްޔާ އިސްރަށްވެހިންގެ ޖަމްޢިއްޔާއާ ބައްދަލުކުރައްވައިފި
އިސްރައްވެހިންގެ ޖަމްއިއްޔާ އާއި ރައީސް މުއިއްޒު ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިސްރަށްވެހިންގެ ޖަމްޢިއްޔާއާ ބައްދަލުކުރައްވައިފި

5 days ago - 16:27
Mar 4, 2025 - 16:59
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމްޢިއްޔާއާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދުލުކުރެއްވުން އޮތީ  މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އިސްރަށްވެހިންގެ ޖަމްޢިއްޔާ ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި މެންބަރުންގެ ކަންބޮޑުވުންތައް ރައީސްއާއި ހިއްސާކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާ ފަދަ އަމިއްލަ ޖަމުޢިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައް އެ ބޭފުޅުން ރައީސާ ހިއްސާކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި އެ ޖަމިއްޔާއިން ވަނީ އިސްރަށްވެހިންގެ ނާދީ އަލުން ހުޅުއްވައިދެއްވިކަމަށްޓަކައި ރައީސް އަށް ޝުކުރުއަދާކުރަށްވައި، އިސްރަށްވެހިންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެތަނުގައި އިސްރަށްވެހިންނަށް ޚާއްޞަކޮށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކުރަށްވާފައެވެ.

މިބައްދަލުވުމުގައި ރައީސް މުއިއްޒުގެ ފަރާތްޕުޅުން އަމިއްލަ ޖަމުޢިއްޔާތައް ހިންގުމަށް ސަރުކާރުން އެހީތެރިކަން ދެއްވުމަށް އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރެއްވިކަމަށާއި، އެގޮތުން އެކިއެކި ޖަމުޢިއްޔާތަކަށް އޮފީސް ޖާގަ ހޯއްދަވައިދެއްވުމަށް އޮފީސް ކޮމްޕްލެކްސްއެއް ޢިމާރާތް ކުރެއްވުމަކީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއްކަން ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

Advertisement
Advertisement

ރައީސް މުޢިއްޒު ވަނީ، މި ބައްދަލުކުރެއްވުމުގައި އިސްރަށްވެހިންގެ ޖަމުޢިއްޔާއިން ހުށައެޅުއްވި އެކިއެކި ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement