ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ދުރާލާ ތައްޔާރުވުމަށް ގޮވާލާ ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރަނީ
މެމްބަރު މީކާއީލް މަޖިލިހުގައި ވާހަކަދައްކަވަނީ: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ދުރާލާ ތައްޔާރުވުމަށް ގޮވާލާ ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރަނީ

6 hours ago - 10:03
Jun 24, 2025 - 10:03
Advertisement
Advertisement

ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ދުރާލާ ތައްޔާރުވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރަން ފަށައިފިއެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތީ 45 މެމްބަރުންގެ ވޯޓުންނެވެ. ބަލައިގަންނަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓް ދެއްވިއެވެ.

މެމްބަރު މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ތަޢާރަފްގައި ބުނެފައިވަނީ ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއާލާ ފިޔަވަޅުތައް އަޅަން ޖެހޭކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ކުއްލި މައްސަލައެއް ކަމަށެވެ.

މެދުއިރުމަތީގައި ހަނގުރާމައެއް ހިނގަމުންދާތީ އާއި އެހަނގުރާމަ އެސަރަހައްދުގެ އިތުރު ގައުމުތަކަށް ފެތުރި, އެތަކެއް ދުވަސްތަކަކަށް ދިގުދެމިގެން ދިއުމުގެ ފުރުޞަތު އޮތްކަން މެމްބަރު ފާހަގަކުރެއްވިއެވެ. ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްއަށް އިރާނުން ހަމަލާ ދިނުމުން ދޯހާއާއި ދުބާއީފަދަ ވައިގެ ދަތުރުފަތުރު ހުއްޓާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ވިދާޅުވީ ފަތުރުވެރިކަމަށް އަސަރުކޮށް ރާއްޖެއަށް ބޭރުފައިސާ ލިބުމުގައި ދަތި ހާލަތެއް ކުރިމަތިވެދާނެ ކަމަށެވެ. މިއީ ޙއްސާސީ ވަގުތެއް ކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މެމްބަރު ގޮވާލެއްވީ އަސާސީ ވަސީލަތްތައް މެދުނުކެނޑި އެތެރެކުރެވޭނެކަން ސަރުކާރުން ކަށަވަރުކުރުމަށެވެ. ބޭހާއި, އަސާސީ ކާބޯތަކެއްޗާއި, ތެލާއި, ކުޑަކުދިންގެ ކާނާ ހުރިކަން ކަށަވަރުކުރުމަކީ ސަރުކާރަށް ލާޒިމް ކަމެއްކަމަށް ވިދާޅުވިއެވެ. މައްސަލައަށް ޕީއެންސީގެ މެމްބަރުންވެސް ގެންދަނީ ބަހުސް ކުރައްވަމުންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement