މިއަހަރުގެ ބޭނުންކުރެވޭ ރިޒާވަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ

މިއަހަރުގެ ބޭނުންކުރެވޭ ރިޒާވަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ

14 hours ago - 13:13

މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް، ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 300 މިލިޔަން ޑޮލަރުން މައްޗަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.


އެމްއެމްއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖަނަވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 1.03 ބިލިޔަން ޑޮލަރެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ރާއްޖޭގެ ރަސްމީ ރިޒާވު މިފަހުގެ ތާރީޚެއްގައި ބިލިޔަނެއްގެ މިންގަނޑަށް އެރި ފުރަތަމަ ފަހަރެވެ.


ރަސްމީ ރިޒާވަށް އައި މި ހެޔޮ ބަދަލާއެކު، ދައުލަތުން ވަގުތުން ބޭނުންކުރެވޭ ރިޒާވް ނުވަތަ 'ޔޫޒަބަލް ރިޒާވް' އަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ރާއްޖޭގެ ރިޒާވް މިހާ ބޮޑަށް ހަރުދަނާވުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. 

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow