ރަމަޟާން މަހަށް އެމްޓީސީސީގެ ބަހުގެ ޚިދުމަތަށް ބަދަލު ގެނެސްފި
އެމްޓީސީސީގެ ޚިދުމަތަކީ ގިނަބަޔަކު ބޭނުންކުރަމުންދާ ޚިދުމަތެއް

ރަމަޟާން މަހަށް އެމްޓީސީސީގެ ބަހުގެ ޚިދުމަތަށް ބަދަލު ގެނެސްފި

4 days ago - 12:19
Feb 17, 2025 - 12:25

ރަމަޟާން މަހަށް ޚާއްޞަކޮށް ގްރޭޓަރ މާލޭ ސަރަހައްދުގައި ދެމުންދާ ބަހުގެ ޚިދުމަތުގެ ގަޑިތަކަށް އެމްޓީސީސީން ބަދަލު ގެނެސްފިއެވެ.

އެމްޓީސީސީން މިއަދު އާއްމު ކުރެއްވި މި ބަދަލާ އެކު، މާލެ އަދި ހުޅުމާލޭ ފޭސް 1 ގައި ބަހުގެ ޚިދުމަތް ފެށޭނީ ހެނދުނު 7:00 ގައެވެ. އަދި ރޯދަ ވީއްލުމުގެ ކުރިން އެންމެ ފަހު ބަސް ދަތުރުކުރާނީ ހަވީރު 5:00 އަށެވެ.

ރޯދަ ވީއްލުމަށްފަހު، ބަހުގެ ޚިދުމަތް އަލުން ފެށޭނީ ރޭގަނޑު 7:20 ގައެވެ. އަދި މި ޚިދުމަތް ރޭގަނޑު 12:00 އާ ހަމައަށް ދޭނެއެވެ. މިނީ ބަހުގެ ޚިދުމަތް ލިބެން ހުންނާނީ ހެނދުނު 7:00 އިން ހަވީރު 6:00 އަށް، އަދި ރޭގަނޑު 9:00 އިން 12:00 އަށެވެ.

އެމްޓީސީސީން ބުނީ ރަމަޟާން މަހު ބަހާއި ފެރީގެ ޚިދުމަތަށް ބަދަލު ގެނެސްފައި ވީނަމަވެސް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ދަތިނުވާނެެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޕީކް ގަޑިތަކުގައި ޓްރެފިކް ބޮޑުވުމުގެ ސަބަބުން ބަސް ލަސްވުމުގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow