
ޔުމްނު ވެއްޓުނު މައްސަލަ ތަހުޤީގު ކުރަން އެކުލަވާލެއްވި ކޮމިޝަންގައި އަންހެން މެމްބަރުން ހިމަނުއްވައިފި
ޑރ. ހަބީބު ވަނީ އިސްތިއުފާ ދެއްވާފަ
ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކޮމިޝަނުގައި އަންހެން މެމްބަރުން ހިމެނޭ ގޮތަށް މެމްބަރުން އިތުރު ކުރައްވައިފިއެވެ. މެމްބަރުން އިތުރުކުރެއްވުމާއެކު ގެންނެވި އެންމެ ބޮޑު ބަދަލަކީ މެމްބަރުންގެ އަދަދު ފަހަކަށް އިތުރު ކުރެއްވުމާއެކު, އަންހެން ދެ މެމްބަރުން ހިމެނުއްވުމެވެ.
މިބަދަލު ގެންނަވާފައި މިވަނީ ކޮމިޝަންގެ މެމްބަރު ޑރ.އިސްމާއީލް ހަބީބު އިސްތިއުފާ މިއަދު އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އަދި ކޮމިޝަންގައި އަންހެން މެމްބަރުން ހިމަނަން ގޮވާލަމުން ދަނިކޮށެވެ. މިބަދަލު ގެންނެވިއިރު ރައީސުލްޖުމްހޫރިއްޔާ ވަނީ މައްސަލައިގެ ތަހުގީގާ ގުޅިގެން ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.
މި ބަދަލާއެކު މިހާރު މި ކޮމިޝަންގެ މެންބަރުންނަކީ:
ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
އަލްފާޟިލާ ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
އަލްފާޟިލާ އާމިނަތު އީނާސް، ހ. ހަބަރުގެ
ކޮމިޓީގައި ހިމެނުއްވި އަންހެން މެމްބަރުންނަކީ ތ. ވޭމަންޑޫ, މޫނިމާގެ އަލްފާޞިލާ ޖަބީން މުޙައްމަދާއި, ހ. ހަބަރުގޭ, އަލްފާޞިލާ އާމިނަތު އީނާސްއެވެ. ބަދަލާއެކުވެސް ކޮމިޓީގެ ރައީސް އަކީ ޑރ.މުނަންވަރެވެ.
މިކަން އިއުލާންކޮށް ރައީސުލް ޖުމްހޫރިއްޔާ ސޮއިކުރައްވާފައިވާ ޤަރާރު މިހާރުވަނީ ގެޒެޓްކޮށްފައެވެ. ޔުމްނު ރަޝީދު ގެއެއްގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނީ ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ. ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް މިނިވަން ކޮމިޝަނެއް އެކުލަވާލައްވާފައި މިވަނީ ޔުމްނު ވެއްޓުނީ ނޫން ކަމަށާއި, ވައްޓާލީ ކަމަށް ބުނެ ތަހުގީގާ މެދު ސުވާލު އުފައްދަމުން ދާތީއެވެ. މައްސަލައިގައި މިނިވަން އިންސާފްވެރި ތަހުގީގެއް ހިންގާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރިއެކްޝަންސް






