
ދިވެހި ސިފައިންގެ ކޯސްޓްގާޑް 'ހުރަވީ" އިންޑިއާގައި މަރާމާތުކުރުމަށްފަހު ގެނެސްފި
މަރާމާތަށްފަހު ކޯސްޓްގާޑް 'ހުރަވީ' ރާއްޖެ ގެނެސްފިއެވެ. އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި 'ހުރަވީ' އާއެކު އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު 'އައިއެންއެސް ކޮޗީ' ވެސް ވަނީ ރާއްޖެ އައިސްފައެވެ. އައިއެންއެސް ކޮޗީ އަކީ މިސައިލް ހަމަލާތައް ހުއްޓުވުމުގެ ބާރު ހުރި އިންޑިއާ ނޭވީގެ އެއްމެ ބޮޑު އެއް މަނަވަރެވެ.
ދިވެހި ސިފައިންގެ ކޯސްޓްގާޑާއެކު އިންޑިއާ ކަނޑުގެ ފްލީޓްގެ މިބާވަތުގެ އުޅަނދެއް އައުމަކީ ރާއްޖެއާއ އިންޑިއާ އާ ދެމެދު އުފެދިފައިވާ އެކުވެރިކަމުގެ ގުޅުމުގެ ވަރުގަދަ ހެއްކެއް ކަމުގައި އިންޑިއާ ހައިކޮމިޝަނުން ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވެއެވެ.
އަދި މިއީ ދިފާއީ ގޮތުން އެކިއެކި ކަންކަމުގައި ދެ ގައުމުގެ ގުޅުން ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމުގައިވެސް ވަނީ ބުނެފައެވެ.
ރިއެކްޝަންސް






