ޣައްޒާ ހަނގުރާމައަށް "ޕޯލިއޯ ޕޯސް" އެއް ދިނުމަށް އ.ދ ގެ ވެރިޔާ ގޮވާލައިފި
ހަމާސްއިން އިން ވަނީ އދ ގެ އެދުމަށް އިޖާބަދޭނެ ކަމަށް ބުނެފަ
ހަނގުރާމައިގެ މައިދާނަކަށް ވެފައިވާ ޣައްޒާއިން ޕޯލިއޯ ވައިރަސް ފެނުމާ ގުޅިގެން ހަމަލާތައް މެދުކަނޑާލާ, އދ ގެ ޕޯލިއޯ ވެކްސިން ކެމްޕެއިން ކުރިއަށް ގެންދިއުމަށް ޖާގަދިނުމަށް ޔުނައިޓަޑް ނޭޝަންސްގެ (އދ) ސެކެރެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ގޮވާލައްވައިފިއެވެ.
"މުޅި ޣައްޒާގައި ހަނގުރާމަ ކުރިއަށް ދަނިކޮށް ވެކްސިން ކެމްޕެއިން ކުރިއަށް ގެންދިއުމަކީ އެކަށީގެންވާ ކަމެއްތަ!" ހުކުރު ދުވަހު ނިއުޔޯކުގައި ހުންނަ އދ ގެ މައިއޮފީހުގައި ރިޕޯޓަރުންނާ ވާހަކަދައްކަވަމުން ގުޓަރޭސް ވިދާޅުވިއެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކަށް އަމާޒުކޮށް ގުޓަރޭސް ވަނީ އައްޒާގައި ޕޯލިއޯ ފެތުރުން ހުއްޓުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މިހާރުން މިހާރަށް ހުރިހާ ފަރާތްތަކުން ޖާގަ ދޭންޖެހޭ ކަމަށާއި, ގުޅިގެން މަސައްކަތްކުރުމަށްޓަކައި ހަމަލާތައް ހުއްޓާނުލައިފިނަމަ ހާލަތު ގޯސްވެދާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
"ހިނގާ އެންމެނަށްވެސް ކަންއޮތް ގޮތް ސާފުވަމާ. ފޯލިއޯއަށް އޮތް ދާއިމީ ވެކްސިނަކީ އިންސާނިއްޔަތަށްޓަކައި ހަމަލާތައް އެއްކޮށް ހުއްޓާލުމާ ސުލްޙަ ޤާއިމްކުރުން. އެކަމަކު ހަމަ ކޮންމެހެންވެސް މިވަގުތަށް ޕޯލިއޯ ޕޯސް އެއް އެބަ ގެންނަންޖެހޭ" ގުޓަރޭސް ވިދާޅުވިއެވެ.
ގުޓަރޭސް އިތުރަށް ވިދާޅުވީ އދ ން ޣައްޒާގެ 10 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ޕޯލިއޮ ވެކްސިން ދިނުމަށް ފަށާ ކެމްޕެއިން ލޯންޗްކުރުމަށް ފުރިހަމައަށް ތައްޔާރުކަމަށާއި, ނަމަވެސް އެކަން ކުރިއަށް ގެންދިއުމަށް އޮތީ ވަރަށްބޮޑު ހުރަހެއް ކަމަށެވެ.
ޕޯލިއޯއިން ރައްކާތެރިވުމަށާއި, ފެތުރުން ހުއްޓުވުމަށްޓަކައި ދެ ބުރަކަށް ދޭ ވެކްސިންގައި ކޮންމެ ބުރެއްގައިވެސް އެންމެ މަދުވެގެން %95 ވެކްސިން ފުރިހަމަ ކުރަންޖެހޭ ކަމަށާއި, ޣައްޒާގެ ޙާލަތު މިހާރު އޮތްގޮތުން ވެކްސިން ފުރިހަމަ ކުރުން ވާނީ އުނދަގޫ މަސައްކަތަކަށް ކަން އޭނާ ފާހަގަކުރިއެވެ.
ޢައްޒާއަށް ޕޯލިއޯ ތަޖުރިބާކާރުން އެތެރެވުމާއި, ރައްކާތެރިކޮށް ވެކްސިން ފްރިޖްކޮށްގެން ބެލެހެއްޓުމާއި, ވެކްސިން އެއްތަނުން އަނެއްތަނަށް އުފުލާ ގެންގުޅުމުގައި ރައްކާތެރިވުމާއި, ފޯނައި އިންޓަނެޓްގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ލިބުމަކީ މި ކެމްޕެއިން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މުޙިއްމު ކަމެއްކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ގުޓަރޭސް މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު ޣައްޒާއަށް މީހުން އެތެރެވުން އިޒްރާއިލްއިން ހުއްޓުވާފައިވާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. ކަރަންޓާއި, ރައްކާތެރި ބޯފެން އަދި ފޯނާއި އިންޓަނެޓްގެ ހިދުމަތަކީ ޣައްޒާގައި ލިބުން ނާދިރު ޚިދުމަތްތަކެވެ. އަދި ޣައްޒާގައި ހަރަކާތްތެރިވަމުންދާ ސިއްޙީ ހިދުމަތްތެރިންގެ އެތަށް ބަޔަކު މިހާތަނަށް ވަނީ މަރާލާފައެވެ. ބޭހާއި ކާބޯތަކެތި ވަނީ ހުސްވެފައެވެ.
އދ ގެ ކުޑަކުދިންގެ ކަންތައްތަކާ ގުޅޭ އެޖެންސީ ޔުނިސެފް އިން މައުލުމާތު ދޭ ގޮތުގައި ވެކްސިން ކުރިއަށްދާނީ ދެ ބުރަކަށް ކަމަށެވެ. މިއަހަރުގެ އޯގަސްޓް ނުވަތަ ސެޕްޓެމްބަރ މަހު ޣައްޒާގައި މިކެމްޕެއިން ލޯންޗް ކުރެވޭނެކަމަށް އުއްމީދުކުރާކަމަށް އެފަރާތުން ހާމަކުރެއެވެ.
ހަމާސްއިން ވަނީ ޕޯލިއޯއާ ދެކޮޅަށް ވެކްސިން ދިނުމަށް އދ ން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކެމްޕެއިނަށް ޖާގަދިނުމުގެ ގޮތުން ހަމަލާތައް ވަގުތީގޮތުން ހުއްޓާލުމަށް ގޮވާލި ގޮވާލުމަށް އިޖާބަދިނުމަށް ތައްޔާރުކަމަށް ބުނެފައެވެ.
އަދި މީގެ އިތުރުން ޣައްޒާގައި ތާށިވެފައިވާ ދެ މިލިއަނެއްހާ ރައްޔިތުންނަށް މިވަގުތަށް ބޭނުންވާ ބޭހާއި, ކާނާގެ އެހީތެރިކަން ވީއެންމެ އަވަށް ފޯރުކޮށްދިނުމަށްވެސް ޣައްޒާގެ ޕޮލިޓަކަލް ބިއުރޯގެ މެމްބަރު އިއްޒަތު އަލް-ރިޝްގު ނެރުއްވާފައިވާ ގޮވާލާފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީ އިން ޣައްޒާގައި ޕޯލިއޯ ބަލި ފެނިފައިވާކަމަށް އިޢުލާން ކޮށްފައެވެ. ޕޯލިއޯ ފުރަތަމަ ޖެހިފައިވަނީ ވެކްސިންގެ އެއްވެސް ޑޯޒެއް ދީފައިނުވާ 10 މަހުގެ ތުއްތު ކުއްޖަކަށްވެ. މިއީ ފަލަސްޠީން އިން މިބަލި ނައްތާލާފައިވާތާ 25 އަހަރު ފަހުން ޕޯލިއޯ ފެނުނު ފުރަތަމަ ފަހަރެވެ.
ހެލްތު މިނިސްޓްރީން ވަނީ އިޒްރާއިލްއިން ޣައްޒާގައި ދެމުންގެންދާ ހަނގުރާމަ އާ މިކަން ގުޅުވާ, އިޒްރާއިލް އިން މިކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ބުނެފައެވެ. ހަނގުރާމާއިގެ ސަބަބުން ޣައްޒާގެ ނަރުދަމާގެނިޒާމު އެއްކޮށް ހަލާކުވެ ތަޢައްޔަތުވެފައިވާ ފެނުގެ ނިޒާމާއި އެކު ގޯސްވެފައިވާ ހާލާތުގެ ސަބަބުން ވައިރަސް އަލުން އުފެދުނީ ކަމަށް ތުހުމަތު ކުރެއެވެ. ޖުލައިމަހު އިޒްރާއިލް އިން ވަނީ އެމީހުންގެ ސިފައިންނަށް ޕޯލިއޯއާ ދެކޮޅަށް ވެކްސިން ދޭން ފަށާފައެވެ.
ރިއެކްޝަންސް