
ރަފާ އަލުން ގައުމީ ޓީޓީ ޗެމްޕިއަންކަން ހޯދައިފި
ފިރިހެން ޗެމްޕިއަންކަން ހޯދީ ޝައްފާން
އައިޝަތު ރަފާ ނާޒިމް އަލުން ގައުމީ ޓޭބަލް ޓެނިހުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ރަފާ ޗެމްޕިއަންކަން ހޯދީ މިދިޔަ ފަސް އަހަރުގެ ޗެމްޕިއަން ފާތިމަތު ދީމާ އަލީ ބަލިކޮށްގެންނެވެ.
ރޭ ނިމުނު މެޗުގެ ސެޓްތައް ރަފާ ގެންދިޔައީ ސީދާ ހަތަރު ގޭމުން ކުރި ހޯދައިގެންނެވެ. ރަފާ ސެޓްތައް ގެންދިޔައީ 11-9, 11-9, 11-6, އަދި 15-13 ނެވެ. މިދިޔަ ފަސް އަހަރު ދީމާ އަތުން ފައިނަލްގައި ބަލިވި ރަފާ މީގެކުރިން ގައުމީ ތަށި ހޯދީ 2017 އަދި 2018 ވަނަ އަހަރު އެވެ.
ރަފާ ވަނީ މޫސާ މުންސިފްއާއެކު މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ. މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މުޙައްމަދު ޝައްފާން އިސްމާއީލް އެވެ. އެއީ ފައިނަލްގައި މޫސާ މުންސިފް ބަލިކޮށްގެންނެވެ. މިއީ ޝައްފާން ގައުމީ ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. 2022 އަދި 2023 ގެ ތަށި ހޯދާފައި ވަނިކޮށް މިދިޔަ އަހަރު ޝައްފާނަށް އަނިޔާގެ ސަބަބުން މުބާރާތް ގެއްލުނީއެވެ.
ރިއެކްޝަންސް






