
އިންޓަރ އަށް ތާވަލްގެ އެއްވަނަ, މޮންޓެރޭ ގަދަ ސޯޅައިގެ ބޮރޫޝިއާ އާ ދެކޮޅަށް
ފީފާ ކްލަބް ވޯލްޑަކަޕްގެ ގްރޫޕް-އީގައި އިންޓަރ މިލާން އިން 2-0 ން އާޖެންޓީނާގެ ރިވަރޕްލޭޓް ބަލިކޮށް, ތާވަލްގެ އެއްވަނަ އަށް ޖެހިލިއިރު, މެކްސިކޯގެ މޮންޓެރޭއިން ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސް 4-0 ން ބަލިކޮށް ގަދަ 16ގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ގްރޫޕް-އީ ގެ ދެވަނަ ހޯދި މޮންޓެރޭ ދެވަނަ ބުރުގައި ވާދަކުރާނީ ރޭ 1-0 ން ދެކޮނު ކޮރެޔާގެ އަލްސަން ހުޔުންޑާއީ ބަލިކޮށް ގްރޫޕް-އެފްގެ އެއްވަނަ މަޤާމް ހޯދި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްއެވެ. އިންޓަރ އިން ވާދަކުރާނީ ގްރޫޕް-ޖީގެ ދެވަނައިގައި އޮތް ބްރެޒިލްގެ ފުލުމިނީސްއާއެވެ.
މިއަދު ހެދުނު މޮންޓެރޭ އާއި އުރާވާ ގެ މެޗުގައި މޮންޓެރޭއިން ވަނީ ފުރަތަމަ ހާފުގެ 8 މިނިޓްތެރޭގައި ތިންގޯލް ކާމިޔާބުކޮށްފައެވެ. މޮންޓެރޭގެ ގޯލްތައް ކާމިޔާބުކުރީ ނެލްސަން ޑެއޯސާ, ޖާމަން ބާޓެރަމޭ އަދި ޖީސަސް ކޮރޯނާއެވެ. ބާޓެރަމޭ ވަނީ މޮންޓެރޭގެ ފަހު ގޯލް މެޗުގެ ފުރިހަމަ ވަގުތު ނިމި އިތުރު ވަގުތުގެ ހަތްވަނަ މިނިޓްގައި ކާމިޔާބުކޮށްފައެވެ.
އިންޓަރ މިލާން އާއި ރިވަރޕްލޭޓް ބައްދަލުކުރު މެޗުގައި އިންޓަރ ގެ ދެ ގޯލްވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފަހު 18 މިނިޓްގެ ތެރޭގައެވެ. 72 ވަނަ މިނިޓްގައި އިންޓަރ އަށް ލީޑު ނަގައިދިނީ ފްރާންސެސްކޯ ޕިއޯ އެސްޕޮސީޓޯއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އިންޓަރ ގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައިވަނީ އަލެސަންދްރޯ ބަސްޓޯނީ އެވެ. މިއީ 19 އަހަރުގެ އެސްޕޮސީޓޯ އެނާ އިންޓަރ އަށް ކުޅެދިން ދެވަނަ މެޗެވެ.
ރިއެކްޝަންސް






