ޤައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް  އެމްޑީޕީ ކުރިއަށް ދާނީ އެކަތިގަނޑެއްގެ ގޮތުގައި- ޞާލިހު
ކުރީގެ ރައީސް ޞާލިހު: ފޮޓޯ-އެމްޑީޕީ

ޤައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެމްޑީޕީ ކުރިއަށް ދާނީ އެކަތިގަނޑެއްގެ ގޮތުގައި- ޞާލިހު

6 hours ago - 12:38
Jun 26, 2025 - 12:38

ޤައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެމްޑީޕީ ކުރިއަށް ދާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ އެންމެ ދޮށީ ސިޔާސީ ޕާޓީ, އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖްގައެވެ.

ކުރީގެ ރައީސް ޞާލިހު ވިދާޅުވީ ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދޭން އެމްޑީޕީން 20 އަހަރު ކުރިން ފެށި ދަތުރު އަދި ނުނިމޭ ކަމަށެވެ. ކުރަން ހުރި ކަންކަން ބައިވަރު ކަމަށް ވިދާޅުވިއެވެ. "ޚުދުމުޚުތާރު ގޮށްމުށްތަކުގެ ދަށަށް ޤައުމު އަނބުރާ ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޤައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެމްޑީޕީން ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި." ކުރިއަށް އޮތް ދައުރަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ޞާލިހު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީ އަކީ ހިތްވަރާއި، އިޞްލާޙާއި އަދި ތަހުޒީބީ ޚިޔާލާއެކު ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފް ކުރުމުގެ ފަޙުރުވެރި ޕާޓީ ކަމަށެވެ. އަދި އިންސާނީ ހައްގުތަކާއި، ސިޔާސީ މިނިވަންކަމާއި  ވެރިކަމުގެ އެންމެހާ ކަންކަމުގައި ރައްޔިތުން ބާރުވެރި ކުރުމުގައި ފުރުސަތު ފަހިކޮށްދިން ޕާޓީ އަކީވެސް އެމްޑީޕީ ކަމަށް ވިދާޅުވިއެވެ.

"އެމްޑީޕީ އަށް 20 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި މި ޕާޓީގެ ހިތްވަރުގަދަ އެންމެހާ މެންބަރުންނަށާއި އަދި ޕާޓީއަށް ތާއީދު ކުރާ އެންމެހާ ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއަކާއި މުބާރިކްބާދީ  ދަންނަވަން." ޞާލިހު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow