ރ.އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފަށަން ވީވައުދު ފުއްދައިފިން- ރައީސް
ރ.އަތޮޅުގައި ޚިދުމަތްދޭ ފެރީއެއް: ފޮޓޯ-އެމްޓީސީސީ

ރ.އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފަށަން ވީވައުދު ފުއްދައިފިން- ރައީސް

ޖުލައި ނިމުމުގެ ކުރިން ބ.އަތޮޅުގައި ޚިދުމަތް ފެށޭނެ

5 hours ago - 13:16
Jun 26, 2025 - 13:16
Advertisement
Advertisement

ރ.އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފަށަން ވީވައުދު ފުއްދައިފިން ކަމަށް ވިދާޅުވެ, އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ޚިދުމަތް ދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ތަކުރާރު ކުރައްވައިފިއެވެ. އާރުޓީއެލްގެ ޚިދުމަތް މިއަދު ވަނީ ރ.އަތޮޅުގައި ފަށާފައެވެ.

ރ.އަތޮޅުގައި ޚިދުމަތް ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް މިއަދު ރ އަތޮޅު ފެރީ ޚިދުމަތް ވަނީ ފަށާފައި ކަމަށެވެ.

"މި ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވަން." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހޖުލައި ނިމުމުގެ ކުރިން ބ އަތޮޅުގައި ފެރީ ގެ ޚިދުމަތް ފަށާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ އަތޮޅުގެ ޚިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ. އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިޔަށްދާކަމަށް ވިދާޅުވިއެވެ.

Advertisement
Advertisement

"އަދި ދެން ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދުވެސް ފުދިގެންދާނެ. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރިޔަށް." ރައީސް ޔަގީންކަން ދެއްވިއެވެ.

މިއީ މިސަރުކާރުން ވެރިކަމާ ހަވާލުވެ ޚިދުމަތް ފެށި ދެވަނަ އަތޮޅެވެ. ފުރަތަމަ އަތޮޅަކީ ނ.އަތޮޅެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement