ބްރޯޑްކޮމްގެ ސެކެޓްރީ ޖެނެރަލް އަކަށް ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ ޔާމީން
ޔާމީން ހައްޖުކޯޕަރޭޝަންގެ އެމްޑީކަމުގައި ހުންނެވީ ރައީސް ޔާމީންގެ ދައުރުގައި

ބްރޯޑްކޮމްގެ ސެކެޓްރީ ޖެނެރަލް އަކަށް ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ ޔާމީން

10 months ago - 19:53
Jun 25, 2025 - 19:53
Advertisement
Advertisement

ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސް އައްޔަން ކުރައްވައިފިއެވެ. ޔާމީން އެމަގާމަށް އައްޔަންކުރެއްވީ ޢާއްމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ.

ޔާމީން އަކީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުން އަދާކުރެއްވުމަށްފަހު ފަހުން އަމިއްލަ އުމްރާ ގްރޫޕެއް އުފައްދަވާ އެގްރޫޕްގެ މެނޭޖިންގ ޑިރެކްޓެރެވެ. އެމަގާމުން އޭނާ އިސްތިއުފާދެއްވިކަން ޔަގީނެއް ނޫނެވެ. މީގެއިތުރުން މިހާރު އުޅުއްވަނީ އަމިއްލަ ވިޔަފާރީގެ ތެރޭގައެވެ.

ބްރޮޑްކާސްޓިންގ ކޯޕަރޭޝަންގެ ސެކެޓްރީ ޖެނެރަލްގެ މަގާމް ހުސްވީ އެމަގާމްގައި ހުންނެވި މަރިޔަމް ޒީނިޔާ ވަކިކުރެއްވުމުންނެވެ. ކޮމިޝަންގެ މެމްބަރުންނާ އުފެދުނު ހިޔާލުތަފާތުވުންތަކާއެކު, ސަސްޕެންޝަންގައި ބެހެއްޓެވުމަށްފަހު އޭނާ މަގާމުން ވަކިކުރެއްވީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement