މަޖިލިސް އިންތިޚާބަށް ގިނައަދަދެއްގެ ވަގުތީ ވަޒީފާ ހުޅުވާލައިފި
މަޖިލިސް އިންތިޚާބަށް ގިނައަދަދެއްގެ ވަގުތީ ވަޒީފާގެ ފުރުސަތު ހުޅުވާލައިފި
އަންނަ މާޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގިނަ އަދަދެއްގެ ވަގުތީ ވަޒީފާތަކަށް އިއްޔެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ، މަޖިލިސް އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި މަސައްކަތް ކުރާނެ 90 ޓްރޭނަރުން ބޭނުންވާ ކަމަށެވެ.
ޓްރޭނަރުންނަށް ވުމަށް ޝައުގުވެރިވާ މީހުން މި މަހު 31 ގެ ކުރިން ފޯމު ހުށަހަޅަން އީސީގެ އިއުލާނުގައި ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބާ ގުޅިގެން އެ ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ވެސް އީސީން އިއުލާންކޮށްފައިވެ އެވެ.
އީސީން ވިދާޅުވާގޮތުގައި ތަމްރީނުކުރުމުގައި ޓްރޭނަރުން މާލޭގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 800ރ. އަދި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 1،000ރ. ދޭނެ ކަމަށް އިއުލާނުގައި ވެ އެވެ. ޓްރެއިނިން އޮފް ޓްރެއިނާސް (ޓީއޯޓީ) ޕްރޮގްރާމު ފުރިހަމަކޮށް، އޮފިޝަލް ޓްރެއިނިން ދީ ނިމުމުން 1،400ރ. ގެ އެލަވަންސެއް ވެސް ދޭނެ ކަމަށެވެ.
އަންނަ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ބާއްވާ މަޖިލިސް އިންތިހާބަށް އީސީން މިހާރު ތައްޔާރުވަމުން އަންނައިރު، އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހު 30 ގައި ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
އެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު 29 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ރިއެކްޝަންސް