މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފި

މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފި

ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ވައިގަދަވެ ކަންޑު ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފި

8 months ago - 13:18
Jan 13, 2024 - 13:23
Advertisement

ރާއްޖެގެ އެކި ހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކާށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި، ބައެއް ސަރަހައްދުތަކަށް އުދަވެސް އަރާފާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓްއޮފީހުން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާގޮތުގައި ބޯކޮށް ވާރޭވެގި ގުގުރުމުގެ އިތުރުން، އިރާއި އިރުދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށާއި ކަނޑުގަދަވެ ރާޅުގެ އުސްމިން 5-8 ފޫޓަށް އުފުލޭނެކަމަށެވެ.

ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރަށްވާފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަދި  ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށާއި ރައްކާތެރިވެ ތިބުމަށް މެޓް އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާގޮތުގައި އަންނަ ހޯމަ ދުވަހު މޫސުން އަލިވާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement