ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 4000 އަށްވުރެ ގިނަ ބިދޭސީން މިސަރުކާރުން ފޮނުވާލައިފި
ބިދޭސޫންތަކެއް ފޮނުވާލަނީ: ފޮޓޯ-އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 4000 އަށްވުރެ ގިނަ ބިދޭސީން މިސަރުކާރުން ފޮނުވާލައިފި

26 days ago - 18:13
Advertisement

ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 4000 އަށްވުރެ ގިނަ ބިދޭސީން މިސަރުކާރުން ފޮނުވާލައިފި އެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިދިޔަ 10 މަސް ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4054 ބިދޭސީން ފޮނުވާލާފައިވާ ކަމަށެވެ.

ދިހަ މަސް ދުވަހަކީ މިސަރުކާރު ހަވާލުވި ދުވަހުން ފެށިގެން މިމަހުގެ 17 ގެ ނިޔަލަށެވެ. އިމިގްރޭޝަނުން ޢާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނަ ބިދޭސީން ފޮނުވާލީ ޖޫން މަހުއެވެ. އެއީ 690 ބިދޭސީންނެވެ. ސެޕްޓެމްބަރު މަހުވެސް 663 ބިދޭސީން ފޮނުވާލި ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެ އެމަހުގެ 17 ވަނަ ދުވަހން ފެށިގެން, އެމަހުގެ ނިޔަލަށްވެސް 17 ބިދޭސީން ފޮނުވާލި ކަމަށް އިމިގްރޭޝަންގެ ހިސާބުން ތަކުން ދައްކައެވެ. ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި 200 އަށްވިރެ ގިނަ ބިދޭސީން ފޮނުވާ ނުލާ އެންމެ މަހެއްވެސް ނެތެވެ.

https://x.com/ImmigrationMV/status/1837825232729788879

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ރަނގަޅު އެދެވޭ މަސައްކަތްތަކެއް ކުރާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އިމިގްރޭޝަނުން ދަނީ ފުލުހުންނާއި, އަދި އެހެންވެސް މުއައްސަސާތަކާ ގުޅިގެން އެކަމަށް ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ޚާއްޞަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ފަރާތްތަކާމެދު ދަނީ ވަގުތުން ފިޔަވަޅު އަޅަމުންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement