މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕްރޭޝަނެއްގައި 1 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރީ މާލެ / މއ.ހިތްތަލަވިލާ، މުޙައްމަދު ކިޔާން އަޙްމަދު ނާޠިމް (19އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، މާލޭގެ ރެސްޓޯރެންގެ ތެރެއިން އޭނާ ބަލާ ފާސްކުރިއިރު، މަސްތުވާތަކެތި ފެނިގެން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކުރީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމެންޓުގެ އެހީތެރިކަމާއެކު، ގޭންގު ކްރައިމް އެންފޯސްމެންޓުން ކަމަށް ފުލުހުން ބުންޏެވެ.
ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން މުއްދަތު ޖަހާފައެވެ.
Advertisement
Advertisement