
ތިން އަތޮޅެއްގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެނައުމުގެ މަސައްކަތް ހަވާލުކޮށްފި
ތިން އަތޮޅެއްގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެނައުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ. ހެލްތް މިނިސްޓްރީން ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކުރެއްވީ ޅ.ނައިފަރު ހޮސްޕިޓަލާއި, ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި, ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.
ޅ. ނައިފަރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ހަރުދަނާ ކުރުމަށްޓަކައި އެ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ. މި ޕްރޮޖެކްޓްގެ ދަށުން ހޮސްޕިޓަލްގެ ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ އަޕްގްރޭޑް ކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.
ރ. އުނގޫފާރު ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ. މި ޕްރޮޖެކްޓްތަކުގެ ދަށުން ޤާއިމްކުރެވޭ އައު ޢިމާރާތް ނިމި ބޭނުންކުރަން ފެށުމާއެކު، ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.
މީގެއިތުރުން ހެލްތް މިނިސްޓްރީން ވަނީ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި ޕްރޮޖެކްޓްތަކުގެ ދަށުން ޤާއިމްކުރެވޭ އައު ޢިމާރާތް ނިމި ބޭނުންކުރަން ފެށުމާއެކު، ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ޚިދުމަތް ލިބިގެންދާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.
ރިއެކްޝަންސް






