އިންޑިއާގެ ކަޝްމީރު ފަޅީގައި ފަތުރުވެރިންނަށް އަމާޒުކޮށްދިން ބަޑީގެ ހަމަލާތަކުގައި 26 މަރު
ހަމަލާ ދިން ސަރަހައްދުގައި އިންޑިއާގެ ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: އިންޑިއާ ޓުޑޭ

އިންޑިއާގެ ކަޝްމީރު ފަޅީގައި ފަތުރުވެރިންނަށް އަމާޒުކޮށްދިން ބަޑީގެ ހަމަލާތަކުގައި 26 މަރު

1 month ago - 12:54
Apr 23, 2025 - 13:17

ހަތިޔާރު އަޅައިގެންތިބި މީހުންގެ ގްރޫޕަކުން ބަޑިޖަހާ އިންޑިއާ-ކަޝްމީރުގެ ފަތުވެރިންނަށް ތަކަކަށް ދިން ހަމަލާތަކުގައި 26 މީހުން މަރާލައިފިއެވެ. އިންޑިއާގެ ފުލުހުން ބުނި ގޮތުގައި މިއީ ފަހުގެ ތާރީޙެއްގައި ކަޝްމީރުގައި ދިން އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ. ހަމަލާތަކުގައި އިތުރު 17 މީހަކު ވަނީ ޒަހަމް ވެފައެވެ.

ކަޝްމީރުގެ 'ޑިސްޕިއުޓަޑް' ސަރަހައްދެއްގައި އޮންނަ ޕަހަލްގަމް ކިޔާ ރިސޯޓް ޓައުނަކާ 5 ކިލޯމީޓަރު (3 މޭލު) ދުރުގައި އަންގާރަ ދުވަހު ހިނގި މިހާދިސާގައި އެތައް ބައެއްގެ ގަޔަށް ބަޑީގެ ވަޒަން އަރާފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެއެވެ.

"މިއީ އާންމުންނަށް އަމާޒުކޮށް މި ފަހުން ހިންގި އެންމެ ބޮޑު ހަމަލާ" ކަޝްމީރުގެ ޗީފް މިނިސްޓަރު އޮމަރް އަބްދުالله މީސްމީޑިއާ ގައި ލިއުއްވާފައި ވެއެވެ.

ހަމަލާގެ ޒިންމާ 'ކަޝްމިރު ރެސިސްޓަންސް' ކިޔާ ގްރޫޕަކުން މިހާރުވަނީ އުފުލާފައެވެ. ގްރޫޕުން މީސްމީޑިއާގައި ފޮނުވާފައިވާ މެސެޖުގައި އެސަރަޙައްދުގައި 85,000 "ބިދޭސީން" ވަޒަންވެރިވެފައިވާ ކަމަށްބުނެ އެކަމުގެ ނުރުހުންވަނީ ފާޅުކޮށްފައެވެ.

Advertisement
Advertisement

އިންޑިއާގެ ސަލާމަތީ އެޖެންސީ ތަކުން ބުނާގޮތުގައި ކަޝްމީރު ރެސިސްޓަންސް އަކީ ޕާކިސްތާނުގައި ޤާއިމްވެފައިވާ ހަތިޔާރުއެޅި ޖަމާއަތެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow