
ޓްރަމްޕްގެ 'ޣައްޒާ ހިފާ އެތަނުގެ ނަސްލު ނައްތާލުމަށް' އިއުލާންކުރި ޕްލޭން ކުރިއަށް ގެންދާނެކަމަށް ނަތަންޔާހޫ ބުނެފި
ޣައްޒާ ހިފާ, އެތާގެ އަހުލުވެރިން ޣައްޒާއިން ފައްސާލުމަށް ޓްރަމްޕް އިއުލާންކުރި ޕްލޭން ކުރިއަށް ގެންގޮސް އެކަން އެއްކޮށް ނިންމާލަންޖެހޭ ކަމަށް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އެ ޕްލޭނަކީ 'މޮޅު' ޕްލޭނެއް ކަމަށާއި އިޒްރާއިލްއިން އެކަމުގައި ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގައެވެ.
ޢައްޒާގެ އިންސާނީ ޙައްޤުތައް އެތައް އަހަރެއްވަންދެން ނިޤުޅައިގަތުމުގައި ހައްދުފަހަނަ އަޅާފައިވާ އިޒްރާއިލްއިން އދ ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލް އިން ވަނިވެފައިވާކަށްވެސް އެޤައުމުން އދ ށް ކަނޑައަޅާ ހުންނަވާ ސަފީރު ޑެނީ ޑެނޮން ވަނީ ކަށަވަރުކޮށްދީފައެވެ.
"އިޒްރާއިލް އޮތީ އެމެރިކާ އާއެކު. ވަކި އަތަކަށް ޖެހިގެން މަސައްކަތްކުރާ އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގައި އަހަރެމެންގެ ދައުރެއް ނޯއްނާނެ" އެމެރިކާއިން އދ ގެ ހިއުމަންރައިޓްސް ކައުންސިލްއިން ވަކިވިތާ އެއްދުވަސް ފަހުން އިޒްރާއިލްއިންވެސް އެމޭރުމުން ކަންކޮށްފައިވާކަށް ހާމަކޮށް އޭނާ ބުނެފައި ވެއެވެ.
ނަމަވެސް ޣައްޒާގެ ރައްޔިތުން ބުނަމުންދަނީ ކޮންމެ ގޮތެއްވިއަސް, މަރަށް ފުރާނައަށްވިއަސް އެމީހުން, އެމީހުންގެ ވަޒަން ދޫކޮށް ނުލާލެ ކަމުގައެވެ. ޓްރަމްޕްގެ ޕްލޭނަށް އަރަބީ ލީގާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި އެއްވެސް ހާލެއްގައި ފަލަޞްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ނެރެލެނޭނެ ޕްލޭނަކަށް ތާއީދު ނުކުރޭނެ ކަމަށް ވަނީ ބުނެފައެވެ.
ޢަރަބި ޤައުމުތަކުގެ ވެރިންނަށް ގޮންޖަހާ ޓްރަމްޕް ބުނެފައިވަނީ "އެމީހުން އެކަން ކުރާނެ. އެމެރިކާއިން އެމީހުންނަށް ބައިވަރު ކަންތައް ކޮށްދެން. އެހެންވީމަ އެމީހުން އެކަން ކުރާނެ" ކަމުގައެވެ. އުރުދުން އާއި މިޞްރުން ފަލަޞްޠީނުގެ ރައްޔިތުން އެގައުމުތަކަށް ގެންދާނެކަން ކަށަވާރުކޮށްދެމުން މީގެ ކުރިން ޓްރަޕްމް ބުނެފައި ވެއެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ, ޕީޓެ ހެސެތް ބުނެފައިވާ ގޮތުގައި ޓްރަމްޕްގެ ޣައްޒާ ޕްލޭން ތަންފީޒުކުރަން ބަލަންޖެހޭ ކަންކަން އެމެރިކާގެ އްސްކަރިއްޔާއިން މިހާރު ދަނީ ބަލަމުންނެވެ.
ރިއެކްޝަންސް






