މެންދުރު 1 ޖެހުމާ ހަމައަށް  7883 މީހުން ވޯޓުލައިފި

މެންދުރު 1 ޖެހުމާ ހަމައަށް 7883 މީހުން ވޯޓުލައިފި

މެންދުރު 1 ޖެހުމާ ހަމައަށް 7883 މީހުންވޯޓުލައިފި ކަމަށް އިލެކްޝަނުން ވިދާޅުވެއްޖެ

8 months ago - 14:00
Jan 13, 2024 - 14:07

މެންދުރު 1 ޖެހުމައި ހަމައަށް  7883 މީހުން ވޯޓުލައިފި ކަމަށް އިލެކްޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެންދުރު 13:00އާ ހަމައަށް ވޯޓު ލާފައިވަނީ 7883 މީހުންނެވެ.އެއީ ޖުމްލަ ވޯޓު ލެވޭ މީހުންގެ 14.07 އިންސައްތައެވެ. އީސީން ވިދާޅުވި ގޮތުގައި 13:00 ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 3346 އަންހެނުންނާއި 4537 ފިރިހެނުންނެވެ.

މި އިންތިޚާބުތަކުގައި ޖުމްލަ 56،002 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.

މިއަދު ކުރިއަށް ދަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންއެވެ.

މާލޭ ސިޓީގެ ހުސްވެފައިވާ މޭޔަރުގެ މަގާމަށް 5 ބޭފުޅަކު ވާދަކުރައްވައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow