ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން 200 އަށްވުރެ ގިނަ އިމިގްރޭޝަން އޮފިސަރުން މަގުމައްޗަށް!
ޕްރޮގްރާމްގައި ބައިވެރިވާ ބައެއް އޮފިސަރުން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން 200 އަށްވުރެ ގިނަ އިމިގްރޭޝަން އޮފިސަރުން މަގުމައްޗަށް!

211 އޮފިސަރުން ބައިވެރިވޭ

19 days ago - 16:39
Advertisement
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން 200 އަށްވުރެ ގިނަ އިމިގްރޭޝަން އޮފިސަރުން މަގުމައްޗަށް ނިކުމެއްޖެއެވެ.
މިއަދު ހަވީރު 4:16 ގައި މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޕޯސްޓއެއްގައި ބުނީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހާއްސަ ހަރަކާތެއް  މިހާރު ފެށިގެން އެބަ ކުރިއަށް އެބަގެންދާ ކަމަށެވެ. މި ހަރަކާތުގައި 211 އިމިގްރޭޝަން އޮފިސަރުން ބައިވެރިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އިމިގްރޭޝަން އޮފިސަރުން މާލެ ސަރަހައްދުގައި މަސައްކަތް ކުރަމުންދަނީ  52 ގްރޫޕަކަށް ބަހާލައިގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މިހަރަކާތުގައި މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރާނެ ކަމަށްވެސް ބުންޏެއވެ.
އިމިގްރޭޝަނުން ބުނީ މިއީ  މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަތުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. އެފަދަ ބިދޭސީން ދެނެގަނެ އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނޭ ކަމަށްވެސް ބުންޏެވެ., އިމިގްރޭޝަންގެ ބޮޑު ހަރަކާތުން ހޯދޭ މަޢުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު މާލެ ސަރަހައްދުގެ ހާލަތު ދެނެގަނެވޭނެ ކަމަށް އިމްގްރޭޝަނުން ބުންޏެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ, އަދި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ޑީޕޯޓް ކުރުމަށް ހިންގާ ފުޅާ ޕްރޮގްރާމްގެ ދަށުން މިހާތަނަށްވެސް ގިނަ ބަޔަކު ވަނީ ޑީޕޯޓް ކޮށްލާފައެވެ. މިސަރުކާރު ހަވާލުވި ފަހުން ޑީޕޯޓްކުރި މީހުންގެ އަދަދު 3000 އަށްވުރެ މައްޗެވެ. އިމިގްރޭޝަނުން ފިޔަވަޅުތައް އަޅަމިންދާތީ ބިދޭސީން މާލެ ދޫކޮށް ފިލާ މައްސަލަވެސް ވަނީ ފެމްނަތި ވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement