ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ ކަމެއް: ނައިބު ރައީސް
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް / ފޮޓޯ: ރައީސް އޮފީސް

ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ ކަމެއް: ނައިބު ރައީސް

6 hours ago - 14:19
Mar 15, 2025 - 14:25
Advertisement
Advertisement

ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެއް ކަމަށް ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނައިބު ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައްވެސް ވާންޖެހޭނީ ޕްރޮފެޝަނަލް، އަދި ރައްޔިތުންނަށް ނަމޫނާ ޙަރަކާތްތަކަށް ކަމަށާއި، އަދި އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ މުޖުތަމަޢުގެ ޤަދަރާއި ކަރާމާތް ރައްކާތެރިކުރުމަށް ކަމަށެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ދެއްކި ވާހަކައާ ގުޅިގެންނެވެ.

އެމްޑީޕީގެ މުޒާހަރާގައި ދެއްކި މި ވާހަކަ އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި އަދި ސިޔާސީ އެތައް ފަރާތްތަކަކުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ރައީސްގެ އާއިލާއިން ވަނީ މި މައްސަލަ ޝަރީއަތަށް ހުށަހަޅުއްވަން ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ މިއަދު ރައީސްގެ އާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ޤާނޫނީ ވަކީލް އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރެވެ.

Advertisement
Advertisement

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement