ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެޗްއާރްސީއެމް އިން އިލްތިމާސް ކުރައްވައިފި
ް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެޗްއާރްސީއެމް އިން އިލްތިމާސް ކުރައްވައިފި

14 hours ago - 18:43
Apr 15, 2025 - 18:45
Advertisement
Advertisement

ގާނޫނީ އިމުގެ ތެރެއިން މައްސަލަތަކުގެ ހައްލު ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސް ކުރައްވައިފިއެވެ.

އެ އިދާރާއިން މިފަދައިން އިލްތިމާސްކުރައްވާފައި މިވަނީ ކ. މާފުށީގައި ވައްކަމުގެ ތުހުމަތުވި މީހަކަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް އާއްމުވުމާއި ގުޅިގެންނެވެ.

އެޗްއާރްސީއެމްއިން އެދިފައިވަނީ މިފަދަ ލާއިންސާނީ އަމަލުތައް ދައްކުވައިދޭ ވީޑިއޯތައް އާއްމު ނުކުރުމަށާއި، އެފަދަ އަމަލުތަކަށް ހިތްވަރުދޭ ކަންކަން ނުކުރުމަށެވެ. އަދި މިފަދަ ދަށުދަރަޖައިގެ އަމަލުތައް ނުހިންގުމަށްވެސް އެޗްއާރުސީއެމުން އިލްތިމާސްކުރައްވާފައި ވެއެވެ.

"މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން އެދެމެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަމެވެ." އެޗްއާރުސީއެމުން އިލްތިމާސްކުރެއްވިއެވެ.

Advertisement
Advertisement

އެއްވެސް ފަރުދަކު އަނެކާގެ އިންސާނީ ހައްގާއި ކަރާމާތަށް އަރައިނުގަތުމަށާއި، އެކިބާވަތުގެ މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށް ވެސް އެޗްއާރްސީއެމްއިން އިލްތިމާސްކުރައްވާފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement