މީޑިޔާ ކައުންސިލްގެ އިންތިޚާބުގެ ވޯޓްލުން ފަށައިފި
މީޑިޔާ ކައުންސިލް އިންތިޚާބުގައި ވޯޓްލާ ކިއު

މީޑިޔާ ކައުންސިލްގެ އިންތިޚާބުގެ ވޯޓްލުން ފަށައިފި

1 year ago - 10:14
Dec 7, 2024 - 10:17
Advertisement
Advertisement

މީޑިޔާ ކައުންސިލް (އެމްއެމްސީ)ގެ އިންތިޚާބުގެ ވޯޓްލުން ފަށައިފި އެވެ.

މީޑިޔާ ކައުންސިލްގެ ދައުރު މިމަހުގެ 14 ވަނަ ދުވަހަށް ހަމަވާތީ ބާއްވާ އިންތިޚާބުގައި އިންތިޚާބު ކުރަނީ މީޑިޔާތަކުން 7 މެމްބަރުންނާއި, އަމިއްލަ ފަރާތްތަކުގެ ތެރެއިން ތިން މެމްބަރުންނެވެ. މީޑިޔާ ތަކުން 11 މެމްބަރުން އަދ އަމިއްލަ ގޮތުން 11 މެމްބަރުން މިފަހަރު ވާދަކުރެއެވެ. މީޑިޔާ ކައުންސިލްގައި ޖުމްލަ 15 މެމްބަރުން ތިބެއެވެ. އެއީ މީޑިޔާ ތަކުން 8 މެމްބަރުންނާއި, އާއްމުންގެ ތެރެއިން 7 މެމްބަރުންނެވެ. ނަމަވެސް މިމަހުގެ 14 ވަނަ ދުވަހަށް ދައުރު ހަމަވަނީ އޭގެތެރެއިން ޖުމްލަ 10 މެމްބަރުންނެވެ.

މިއިންތިޚާބުގައި ވޯޓްލުމަސް ރަޖިސްޓްރީ ކުރީ 148 މީޑިޔާ އަކުންނެވެ. މީޑިޔާ ކައުންސިލްގެ ދައުރަކީ ދެ އަހަރެވެ. ވިދިވިދިގެން ދެ ދައުރު އެކަކަށް މެމްބަރު ކަމެއް ނުކުރެވެއެވެ. ދައުރުގެ ތެރެއިން އިންތިޚާބުވާ މެމްބަރަކަށްވެސް ދެ އަހަރުގެ ދައުރެއް ފުރިހަމަ ކުރުމުގެ ފުރުޞަތު ޤާނޫނުން ލިބިދެއެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓްލުން ކުރިއަށްދަނީ ޒުވާނުންގެ މަރުކަޒުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement