އާ ޓާމިނަލް ހުޅުވަން ކުރަންޖެހޭ ޓެސްޓް މަރުހަލާ ނިމިއްޖެ, ކާމިޔާބު
އާ ޓާމިނަލްގެ ބޯޑިންގ ކާޑް ސިސްޓަމް ޗެކް ކުރަނީ: ފޮޓޯ-އެމްއޭސީއެލް

އާ ޓާމިނަލް ހުޅުވަން ކުރަންޖެހޭ ޓެސްޓް މަރުހަލާ ނިމިއްޖެ, ކާމިޔާބު

11 hours ago - 14:46
Jul 10, 2025 - 14:46
Advertisement
Advertisement

އާ ޓާމިނަލް ހުޅުވަން ކުރަންޖެހޭ ޓެސްޓް މަރުހަލާ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ. މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފްއާއި ޚިދުމަތް ދިނުމުގައި ގުޅިފައިވާ ކުންފުނިތައް ގުޅިގެން ޓެސްޓް މަރުހަލާ ވަނީ ނިންމާލާފައެވެ.

އައިލެންޑް އޭވިއޭޝަންގެ ސިސްޓަމްއާއި, ސެކިއުރިޓީ ޕްރޮސީޖަރއާއެކު ސެކިއުރިޓީ ސިސްޓަމްއާއި އެނޫންވެސް ސިސްޓަމްތައް ޗެކްކޮށް, އެކަން ކާމިޔާބުކަމުގެ ޔަގީންކަން އެމްއޭސީއެލްސިން ވަނީ ދީފައެވެ.

މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވީ މިއަދަކީ ވަރަށް, ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އެމްޑީ އިބްރާހީމް ޝަރީފް ވަނީ އެއަރލައިން ސިސްޓަމްތަކާއި, ހުރިހާ ސިސްޓަމްތައް ހިމެނޭ ގޮތަށް ޗެކިންގ މަރުހަލާ ނިންމާފައެވެ. އައިލެންޑްއޭވިއޭޝަން ސިސްޓަމާ އިންޓަރގްރޭޓްކޮށް ޚިދުމަތަށް ތައްޔާރުކަމުގެ ޔަގީންކަން އެމްޑީ ދެއްވިއެވެ.

އެމްއޭސިލްއެލް އިން ގުޅިފައިވާ ކުންފުނިތަކާއެކު ކުރިއަށްގެންދިޔަ ޓްރަޔަލްގައި ޗެކިންގ މަރުހަލާއިން ފެށިގެން ބޯޑިންގ ކާޑް ލިބުމާ ހަމައަށް އަމަލީގޮތުން ޚިދުމަތްތަކުގެ ފެންވަރު ޔަގީންކުރިއެވެ. އާޓާމިނަލްގެ އިންފޮރމޭޝަން ޓެކްނޮލިޖޯއާ ގުޅޭ ކަންކަންވެސް ވަނީ ކަށަވަރުކޮށްފައެވެ.

Advertisement
Advertisement

އާޓާމިނަލް ހުޅުވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަންގެ ފްލައިޓްތަކަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement