
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާގައި، އެެ ގައުމުގެ ރައީސާވެސް ބައްދަލުކުރައްވާނެ
މިއީ ހާރިޖީ ވަޒީރުކަމުގައި ޑރ. ހަލީލު ލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި ޑރ. ޚަލީލްގެ ތިން ދުވަހުގެ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކައާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާ ބައްދަލުކުރައްވާނެއެވެ. އަދި ޚާރިޖީ ވަޒީރު ވިޖިތަ ހެރާތުއާއެކު ރަސްމީ މަޝްވަރާތަކެއް ވެސް ބާއްވަވާނެއެވެ.
މީގެ އިތުރުން، ޑރ. ޚަލީލް ސްރީލަންކާގެ އަމިއްލަ ވިޔަފާރިތަކުގެ ވެރިންނާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވިއެވެ. އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު ބައްލަވައިލައްވާނެއެވެ.
މިއީ ޑރ. ޚަލީލް ޚާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހުން ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ޑރ. ޚަލީލް ޚާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައެވެ.
ރިއެކްޝަންސް






