ހައިކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ހައިކޯޓަށް 2 ފަނޑިޔާރުން ބޭނުންވޭ

ހައިކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

1 year ago - 16:28
Jul 10, 2025 - 16:28
Advertisement
Advertisement

ހައިކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ފުރުޞަތު ހުޅުވާލައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާނުކުރީ ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށެވެ.

ހައިކޯޓްގެ ދެ ފަނޑިޔާރުންގެ ޖާގަ ހުސްވީ, އެކޯޓްގެ ދެ ފަނޑިޔާރަކު ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ. އެއީ ހުސައިން ޝަހީދު އާއި މުޙައްމަދު ސަލީމް އެވެ.

ހައިކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަސް ޖޭއެސްސީން ދީފައިވާ ސުންގަޑިއަކީ މިމަހުގެ 16 ވަނަ ދުވަހުގެ 12:00 އެވެ. މަގާމަށް އެދި ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ހާޑްކޮޕޯ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވެސް ވަނީ ދީފައެވެ.

މަގާމްގެ މައިގަނޑު ޝަރުތަކީ 25 އަހަރު ފުރިފައި ވުމާއި, އިސްލާމީ ޝަރީއާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމުގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލު ކަމުގައި 5 އަހަރުގެ ތަޖުރިބާ ލިބިފައި ވުމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement