ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ބެއިސިކް ހޭންޑްބޯޅަ ރެފްރީ ކޯސް ނިމި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި

ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ބެއިސިކް ހޭންޑްބޯޅަ ރެފްރީ ކޯސް ނިމި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި

މިއީ ފުވައްމުލަކު ސިޓީ ކައުންސިލް އާއި މޯލްޑިވްސް ނޭޝަނަލް އިންސިޓިއުޓް އޮފް ސްޕޯޓް އަދި ހޭންޑް ބޯޅަ އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ ކޯހެއް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި

7 months ago - 23:42
Jan 25, 2024 - 23:47
Advertisement

ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯޅަ ރެފްރީން ތަމްރީން ކޯސް ނިމި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ބައްސަވައިދެއްވީ ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރުގެ އިތުރުން އެކައުންސިލްގެ އިސްބޭފުޅުންނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް އާއި މޯލްޑިވްސް ނޭޝަނަލް އިންސިޓިއުޓް އޮފް ސްޕޯޓް އަދި ހޭންޑް ބޯޅަ އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ކޯހުގައި ފަންސަވީސް ފަރާތަކުން ބައިވެރި ކޯސް ފުރިހަމަ ކޮށްފައިވާ ކަމަށް މި ކޯސް ކުރިއަށްގެންދިޔަ ހޭންޑް ބޯޅަ އެސޯސިއޭޝަނުން މައުލޫމާތު ދެއްވިއެވެ.

މި ޖަނަވަރީ މަހުގެ 16 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހަކީ މިއީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކޯހެއް ކަމަށާއި ޚާއްސަކޮށް ފުވައްމުލަކުގެ ކަނބަލުންނަކީ  ހޭންޑްބޯޅައަށް ވަރަށް ޝައުގުވެރިވާ ފަރާތްތަކެއްކަން އެކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement

ކައުންސިލުން ވިދާޅުވީ މި ކޯސް ވެގެންދާނީ ފުވައްމުލަކުގެ ހޭންޑްބޯޅަ ރެފްރީކަމަށް ޝައުގުވެރިވާ ފަރާތްތަކައް ހުޅުވުނު ރަނުގެ ފުރުސަތަކަށް ކަމަށެވެ.

އަމާޒު މީޑިއާއަށް މައުލޫމާތު ދެއްވަމުން މި ކޯހުގެ އިންސްޓްރަކްޓަރ ވިދާޅުވީ މިއީ ކާމިޔާބު ކޯހެއް ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement