ޕީ.ޕީ.އެމް ޕީ.އެން.ސީގެ މެންބަރެއްގެ ގޮތުގައި އީ.ސީގެ ދަފްތަރުގައި ތިބި އެންމެންނަށް ޕްރައިމަރީގައި ވޯޓު ލެވޭނެ: ޕީ.އެން.ސީ
ޕީ.އެން.ސީން މިހާރު ނިންމާފައިވަނީ އެޕާޓީން ނެރެފައިވާ ދާއިމީ ދަފްތަރުގައި ނެތް މީހުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އެ ދެޕާޓީގެ މެންބަރެއްގެ ގޮތުގަިއ ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކަށް ވޯޓު ލެވޭ ގޮތަށް އުސޫލެއް ކަނޑައަޅާފަ. އަދި މިހާރު އެ އުސޫލު އާންމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވި.
ޕީ.ޕީ.އެމް ޕީ.އެން.ސީގެ މެންބަރެއްގެ އީ.ސީގެ ދަފްތަރުގައި ތިބި އެންމެންނަށް ޕްރައިމަރީގައި ވޯޓު ލެވޭނެ އުސޫލެއް ހަމަޖައްސާފައިވާ ކަމަށް ޕީ.އެން.ސީން ވިދާޅުވެއްޖެއެވެ.
އެޕާޓީން މިގޮތަށް ނިންމީ މިހާރު ނެރެފައިވާ ވޯޓުލާމީހުންގެ ދާއިމީ ލިސްޓުގައި ގިނަ އަދަދެއްގެ މީހުން ކުރަމުންދާ ޝަކުވާ ތަކަށް ބެއްލެވުމަށް ފަހުގައި ކަމަށް އެޕާޓީން މައުލޫމާތު ދެއްވިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި ވޯޓުލާ މީހުންގެ ދާއިމީ ދަފްތަރު އެޕާޓިންވަނީ އެޕާޓީން ވަނީ އާންމުކޮށް އިއުލާން ކޮށްފައެވެ.
ޕީ.އެން.ސީގެ އިސް އޮފިޝަލަކު ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓާމެދު ކެނޑިޑޭޓުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާ ގުޅިގެން އެ ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ޕާޓިން މިހާރު އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެނާ ވިދާޅުވީ މިހާރު އާންމުކޮށްފައިވާ ވޯޓުލާ މީހުންގެ ދަފްތަރަށް ބަދަލު ނުގެނެސް ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިރޭގެ ވަގުތެއްގައި ޚާއްސަ އުސޫލެއް އާންމުކުރެއްވުމުގެ މަސައްކަތް ޕީ.އެން.ސީގެ އޮފީހުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މިހާރު އޮތް ލިސްޓަށް އެއްވެސް ބަދަލެއް ނުގެންނާނަން. އެކަމަކު ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ޕީ.ޕީ.އެމް ޕީ.އެން.ސީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކަށް ވޯޓު ލެވޭނެ ގޮތަށް އުސޫލެއް އެބަ ތައްޔާރު ކުރަން" ޕީ.އެން.ސީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
ރިއެކްޝަންސް