ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އަމުރު ނެރުނު އެންމެންގެ ފޯނު ހިފަހައްޓައިފި
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ހުރީ ރައުދު އެކަނި

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އަމުރު ނެރުނު އެންމެންގެ ފޯނު ހިފަހައްޓައިފި

12 months ago - 15:06
Apr 26, 2025 - 15:06
Advertisement
Advertisement

 

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އަމުރު ނެރުނު އެންމެންގެ ފޯނު ފުލުހުން ހިފަހައްޓައިފިއެވެ. ފުލުހުން މިއަދު ބުނީ މިމަހުގެ 18 ވަނަ ދުވަހު ހ.މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން  ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ކޯޓް އަމުރުގެ ދަށުން ފުލުހުން ވަނީ 9 މީހެއްގެ ފޯނު ހިފަހައްޓާފައެވެ. އެއީ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމުނު ރަޝީދާއި, އެހާދިސާ ހިނގި ގޭގައި ހާދިސާ ހިނގިއިރު އެކުގައި އުޅުނު ރައުދު އަހުމަދު އަހުމަދު ޒިލާލްގެ އިތުރުން ހަތް މީހެކެވެ. އެ ހަތް މީހުންނަކީ އެރޭ ދަންވަރު ޔުމްނު އާއެކު ގައި އެހެން ގެއެއްގައި އުޅުނު މީހުންނެވެ. އެމީހުން އެކުގައި ޕާޓީ ކުރި ކަމަށް ތުހުމަތު ކުރެއެވެ.

ކޯޓް އަމުރާއެކު ފުލުހުން ފުރަތަމަ ހިފެހެއްޓީ 7 މީހެއްގެ ފޯނެވެ. އަނެއް ދެމީހުންގެ ފޯނުވެސް ހިފެހެއްޓި ކަމަށް ފުލުހުން ބުނީ މިއަދު އެވެ. ނުވަ މީހުންގެ ޕާސްޕޯރޓްވެސް ވަނީ ހިފަހައްޓާފައެވެ.

މައްސަލައިގެ ތަހުގީގާ މެދު ސުވާލު އުފައްދާ ޒުވާނުން މިދިޔަ ތިން ރޭ ވަނީ އަޑު އުފުލާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement