
އިންޑިޔާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންފި
މަރުހަބާ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު
އިންޑިޔާގެ ބޮޑުވަޒީރު ނަރެދުރަ މޯދީ ރާއްޖެ ވަޑައިގެންފިއެވެ. މޯދީ ރާއްޖެ ވަޑައިގެންނެވީ ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ދެއްވި ދައުވަތަކަށެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން މޯދީއަށް މަރުހަބާ ވިދާޅުވީވެސް ރައީސް ޑރ.މުޙައްމަދު މުއިއްޒު އެވެ. ބޮޑުވަޒީރު މޯދީއަށް ރާއްޖެއިން ކިޔާފައިވަނީ ރަތް ދޫލައިގެ މަރުހަބާއެކެވެ.
ރާއެޖެއާ އިންޑިޔާގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރމާއި ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުން ދިމާވަނީ އެކުއެކީގައެވެ. މޯދީ ރާއްޖެ ވަޑައިގެންނެވީ ލަންޑަނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ.
ދެ ދުވަހުގެ ދަތުރުފުޅުގައި މޯދީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއާ ބައްދަލުކުރައްވާ ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާނެއެވެ. އަދި އިންޑިޔާގެ އެހީގައި ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް އިފްތިތާހުކޮށް, އިތުރު މަޝްރޫޢުތައްވެސް ފައްޓަވާނެއެވެ. އިފްތިތާހުކުރާ މަޝްރޫޢުތަކުގެ ތެރޭގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަޕޯޓާއި, ޑިފެންސް ބިލްޑިންގ ހިމެނެއެވެ.
މޯދީގެ މިދަތުރުފުޅުގައި އިދިކޮޅު ލީޑަރުންނާވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. އިދިކޮޅު ލީޑަރުންގެ ތެރެއިން ކުރީގެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ މޯދީ ރާއްޖެ ވަޑައިގަންނަވާތީ މަރުހަބާ ވިދާޅުވެފައެވެ.
މިސަރުކާރު ފެށުނުއިއިރު އިންޑިޔާއާ އޮތް ގުޅުން ގޯސް ނަމަވެސް އެގުޅުން މިހާރު އަންނަނީ ބަދަހިވަމުންނެވެ.
ރިއެކްޝަންސް






