މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އޮފީސް އުދަވައިފި
ރައީސް މީޑިޔާ ބިލް ތަސްދީގު ކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އޮފީސް އުދަވައިފި

8 months ago - 09:09
Sep 19, 2025 - 09:09
Advertisement
Advertisement

އަލަށް ފާސްކުރެއްވި ޤާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އުދަވައިފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވީ އިއްޔެއެވެ. އަދި ކޮމިޝަންގެ އޮފީސް އުފެއްދެވީ ރޭގައެވެ. މި ބިލު ތަސްދީޤުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ޤާނޫނަކަށްވެ، އެ ޤާނޫނަށް އިއްޔެއިން ފެށިގެން ވަނީ ޢަމަލުކުރަން ފަށައިފައެވެ.

އެޤާނޫނާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި, މޯލްޑިވްސް މީޑިޔާ ކައުންސިލް ވަނީ އުވިފައެވެ. އާ ޤާނޫނުގެ ދަށުން ކޮމިޝަންގެ ހަތް މެމްބަރުން ކަނޑައެޅެންދެން ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާ ފަސް މެމްބަރުންނެވެ. އެފަސް މެމްބަރުން ޤާނޫނު ފާސްކުރާތީ ތިން ދުވަހުގެ ތެރޭގައި ކަނޑައަޅަން ޖެހެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement