
އުފުރިޔާއާއި ކޮޅުފުށި މަޑިފުށީގެ އިހުތިސާސްގެ ތެރެއަށް
ތ. މަޑިފުށީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމަނައިފިއެވެ.
ތ. މަޑިފުށީގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުގެ ގޮތުގައި، އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ކަނޑައަޅައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. މަޑިފުށީގެ އިޚްތިޞާޞްގައި ތ. އުފުރިޔާއާއި ތ. ކޮޅުފުށި ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ޤަރާރު ނެރުއްވީ މިއަދުއެވެ.
މަޑިފުށީގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.
ރިއެކްޝަންސް






