ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކައިގެން ގްރޫމްކުރި ޓީޗަރަށް ދައުވާކޮށްދޭން އެދިއްޖެ
ތުހުމަތުކުރެވޭ މީހާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި: ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކައިގެން ގްރޫމްކުރި ޓީޗަރަށް ދައުވާކޮށްދޭން އެދިއްޖެ

1 year ago - 11:07
Dec 5, 2024 - 11:08
Advertisement
Advertisement

ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކައިގެން ގްރޫމްކުރި ޓީޗަރަށް ދައުވާކޮށްދޭން ފުލުހުން އެދިއްޖެއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި ދައުވާކޮށްދޭން ފުލުހުން އެދުނީ މެދުރާއްޖެ ތެރޭގެ ރަށެއްގެ ސްކޫލެއްގެ ދިވެހި ޓީޗަރަކަށެވެ.

 29 އަހަރުގެ ފިރިހެން ޓީޗަރު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައިގެން ގްރޫމް ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ރިޕޯރޓްކުރީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އެވެ. ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އޮކްޓޯބަރު 27 ވަނަ ދުވަހު އެވެ.

މިއަދު ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ނިންމާ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެމީހާގެ މައްޗަށް ދައުވކޮށްދޭން ޕީޖީގައި އެދިފައިވާ ކަމަށެވެ. ދެފަހަރެއްގެ މަތީން ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަން 50 ދުވަސް ޖަހައިދީފައެވެ. އެއީ ފުރަތަމަ ފަހަރު20 ދުވަސް އަދި ދެވަނަ ފަހަރު 30 ދުވަހެވެ.  އޭނާ އަދިވެސް ހުރީ ބަންދުގައެވެ.

މިއަމަލު ހިންގީ މ,ފ,ދ,ތ,ލ ސަރަހައްދަށް ނިސްބަތްވާ ރަށެއްގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement