ޓެރަރިޒަމްގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި

ޓެރަރިޒަމްގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި

13 hours ago - 14:54
Advertisement
Advertisement

ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ދެ މީހަކު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް މިއަދު އިއުލާންކޮށްފިއެވެ.


ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ މީހުން ހޯދުމަށް އިއުލާންކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވޭ ގޮތް ނުވުމުންނެވެ. އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އެ ދެ މީހުން ހާޒިރުވުމަށް މިހާރު ވަނީ އާންމުކޮށް އަންގާފައެވެ.
މި މައްސަލާގައި ފުލުހަށް ހާޒިރުވާން އަންގާފައިވާ ދެ މީހުންނަކީ:

ޝިހާނު އަޙްމަދު (27އ)، ނިއުޒިލް / ގއ. ކަނޑުހުޅުދޫ (އައިޑީ ކާޑު ނަންބަރު: A340125)
އިބްރާހީމް އަޒުހަދު (36އ)، ހިޔަލީގެ / ށ. ކޮމަންޑޫ (އައިޑީ ކާޑު ނަންބަރު: A264210)

މީގެ ތެރެއިން ޝިހާނު އަޙްމަދު ހާޒިރުވުމަށް އަންގާފައިވަނީ 2026 އޯގަސްޓް 09 ވަނަ ދުވަހުގެ 09:00 އަށެވެ. އަދި އިބްރާހީމް އަޒުހަދު ހާޒިރުވުމަށް އަންގާފައިވަނީ 2026 އޯގަސްޓް 15 ވަނަ ދުވަހުގެ 15:00 އަށެވެ.


މި ދެ މީހުންވެސް ހާޒިރުވާން ޖެހެނީ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ. ޓެރަރިޒަމްގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކަކަށް ވާތީ، މި ތަހުގީގަށް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement