ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް!
މަޖިލިހުގެ ތަޅުމުގައި މެމްބަރުން, ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު މާދަމާ ގޮތެއް ނިންމާނެ- ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް!

3 hours ago - 21:13
May 13, 2025 - 21:13

ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. ސްޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު އާއި އަލްއުސްތާޛު މަޙާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯރޓް ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

ދެފަނޑިޔާރުންގެ މައްސަލައިގެ ރިޕޯރޓް އެޖެންޑާ ކުރައްވާފައިވަނީ ވަކި ދެމައްސަލައިގެ ގޮތުގައެވެ. ޖުޑިޝަރީ ކޮމިޓީން ނިންމާފައިވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ އިޖުރާއަތްތައް ފުރިހަމަކޮށް ރަނގަޅަށް ކަމަށެވެ. ޖޭއެސްސީން މަޖިލިހަށް ފޮނުއްވާފައިވަނީ އެދެ ފަނޑިޔާރުން ފަނޑިޔާރު ކަމުން ވަކިކުރެއްވުމަށެވެ.

ޖުޑިޝަރީ ކޮމިޓީން އެކޮމިޓީގެ ނިންމުން ތަޅުމަށް ފޮނުއްވީ ޖޭއެސްސީން އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާކަމަށް މަޖިލިހުގެ ކައުންސެލް ޖެނެރަލް ލަފާދެއްވާފައި ވަނިކޮށެވެ. ކޮމިޓީން ނިންމީ ކޮމިޓީ ރިޕޯރޓަށް ބަދަލު ނުގެނެސް, ކައުންސެލް ޖެނެރަލްގެ ލަފައާއެކު ތަޅުމަށް ފޮނުވުމަށެވެ.

މަޖިލިހުގެ ތަޅުމުން މާދަމާ މިމައްސަލާގައި ގޮތެއް ނިންމާނެއެވެ. ދެ ފަނޑިޔާރުންވެސް ތިއްބެވީ ސަސްޕެންޝަންގައެވެ. އެދެފަނޑިޔާރުން މަގާމުން ވަކިކުރަން ހުށަހެޅުއްވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ބަންދުން ދޫކޮށްލުމަށް, ކްރިމިނަލް ކޯޓްގެ ފަނޑިޔާރަށް ފަނޑިޔާޒު މަޙާޒު ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. އަދި މަހާޒު ނުފޫޒު ފޯރުވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އެދިގެންކަމަށް ޖޭއެސްސީން ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow