ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ފިރުޒުލް އައްޔަނުކުރައްވައިފި

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ފިރުޒުލް އައްޔަނުކުރައްވައިފި

3 hours ago - 14:38

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެމްބަރުކަމާއި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.


ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި، އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ދ. ކުޑަހުވަދޫ، ޝަބްނަމީގެ، އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލެވެ. ފިރުޒުލް މި މަގާމަށް އައްޔަނުކުރެއްވީ މިއަދުން ފެށިގެންނެވެ.


މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މުޙައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް އައްޔަނުކުރެއްވުމާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.


އަލަށް އެމްޑީގެ މަގާމަށް އައްޔަނުކުރެއްވި އަލްއުސްތާޛް މުޙައްމަދު ފިރުޒުލްއަކީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޕަބްލިކް ޕޮލިސީގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow