އުރުދުންގެ ރަސްގެފާނު ޢަބްދުالله ވައިޓްހައުސްގައި ޓްރަމްޕް އާ ބައްދަލުކޮށްފި
ޢަބްދުالله ރަސްގެފާނު ވައިޓްހައުސްގައި ޓްރަމްޕް އާ ބައްދަކުކުރަނީ. ފޮޓޯ: ވޮޝިންގްޓާން ޕޯސްޓް

އުރުދުންގެ ރަސްގެފާނު ޢަބްދުالله ވައިޓްހައުސްގައި ޓްރަމްޕް އާ ބައްދަލުކޮށްފި

12 days ago - 12:22
Feb 12, 2025 - 12:49

ޣައްޒާގެ ރައްޔިތުން އުރުދުން އަށާއި މިޞްރަށް ގެންދާނެކަން އެތައް ފަހަރެއްގެމަތިން ޔަޤީންކަމާއެކު ޓްރަމްޕް ބުނެފައިވާ މި ޙައްސާސް ދަނޑިވަޅުގައި އުރުދުންގެ ރަސްގެފާނު ޢަބްދުالله ޓްރަމްޕް އާ ބައްދަލުކޮށްފިއެވެ. ވައިޓްހައުސްގައި ބޭއްވި ބައްދަލުވުމުގެ އަމާޒަކީވެސް ޣައްޒާގެ ރައްޔިތުންނާ ގުޅޭގޮތުން ޓްރަމްޕް އިއުލާންކުރި ޕްލޭނެވެ.

ޢަބްދުالله ރަސްގެފާނަކީ ޖެނުއަރީ 20 ގައި ދެވަނަ ދައުރަކަށް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރި ޓްރަމްޕްއާ ބައްދަލުކުރި ފުރަތަމަ އަރަބި ލީޑަރެވެ. އުރުދުން އަކީ ޒަމާނުއްސުރެ އެމެރިކާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ.

އެމެރިކާއިން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ޣައްޒާ އަމިއްލަކޮށް އެތާގެ އަހުލުވެރިން އަވައްޓެރި އުރުދުން އަދި މިޞްރަށް ގެންދިއުމަށް އެގައުމުތަކުގެ ވެރިންނަށް ޓްރަމްޕް ގޮންޖަމުން ގެންދާ މިދަނޑިވަޅުގައި ޓްރަމްގެ ޕްލޭން ބަދަކުރުމަށް ޢަބްދުالله ރަސްގެފާނަށް ކާމިޔާބު ހޯދިދާނެތީ މިއީ މިހާރު އުފެދޭ އެންމެ ބޮޑު ސުވާލެވެ.

"އެއީ މާ އުނދަގޫ ކަމެއްނޫން" ޣައްޒާ އެމެރިކާގެ ތަނަކަށް ހެދުމާގުޅޭގޮތުން އަންގާރަ ދުވަހުވެސް ޓްރަމްޕް ބުނެފައި ވެއެވެ. އެ މައުލޫއަށް އެކި ފޯރަމްތަކުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާ ޓްރަމްޕް ވަނީ އުރުދުން އަދި މިޞްރަށް އެމެރިކާއިން އެތައް މިލިއަން ޑޮލަރުގެ އެހީ ވާކަމަށާއި, އެ އެހީތައް ހުއްޓާލުމަކީ އެމެރިކާއަށް ކުރެވިދާނެކަމެއް ކަމަށް ބުނެ އަރަބި ޤައުމުތަކަށް 'ބިރުދައްކާފައެވެ'.

Advertisement
Advertisement

ޓްރަމްޕްގެ ވާހަކަތަކަށް މިޞްރު އަދި އުރުދުން އިންވެސް ވަނީ ދެކޮޅުހަދާ ފަލަޞްޠީނުގެ އަހުލުވެރިން އެމީހުންގެ ގެދޮރުން ނެރެލެވޭނެ އެއްވެސް ޕްލޭނަކަށް ތާއީދުކުރާނެކަމަށް ބުނެފައެވެ.

ނަމަވެސް ބައްދަލުވުމަށް ފަހުގައިވެސް އޯވަލް އޮފީހުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަބާބު ދެމުން ސާފުބަހުން ޓްރަމްޕް ބުނެފައިބަނީ އެމެރިކާގެ ބާރުގެ ދަށަށް ޣައްޒާ ގެނެސް ޣައްޒާ އާރާސްތު ކުރާނެ ކަމުގައެވެ.

"އަހަރެމެން ޣައްޒާ އަތުލާނަން. އަހަރެމެންގެ ދަށުގައި ދެން އެތަން އޮންނާނީ. އެތާގަ މެދުއިރުމަތީ މީހުންނަށް ބައިވަރު ވަޒީފާ އަހަރެމެން އުފައްދާނަން" މާބޮޑު ތަފްޞީލް ދިނުމެއްނެތި ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ވަނީ ހަމަލާތައް ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން ޣައްޒާގައި ހަމަލާތައް ފަށާނެކަމަށް ބުނި ބުނުންވެސް ތަކުރާރުކޮށްފައެވެ. ކަނޑައެޅިފައިވާ ދުވަހަށް ރަހީނުން މިނިވަން ނުކޮށްފި ނަމަ ހަމަލާތައް އަލުން ފަށާނެ ކަމަށާއި (ހަމާސް) އަށް 'ގަދަމީހާ ހެދިގެން' އުޅެވެނީ ކިހާވަރަކަށްތޯ ބަލާލާނެކަމަށްވެސް ޓްރަމްޕް ވަނީ ބުނެފައެވެ.

ޢަބްދުالله ރަސްގެފާނުވެސް ހުންނަވަނިކޮށް ކެމެރާތަކުގެ ކުރިމަތީގައި ޓްރަމްޕް ބުނެފައިވަނީ އުރުދުންއަށް ދޭ އެހީތައް ހުއްޓާލުމަށް ބިރުދައްކަން ނުޖެހޭކަމަށާއި. އެމެރިކާ އޮތީ އެއަށްވުރެ ކުރީގައި ކަމުގައެވެ.

ރަސްގެފާނު ޢަބްދުالله ވަނީ މީޑިއާއަށް މާގިނަ ވާހަކަދައްކަން އުޒުރުވެރިވެފައެވެ. ފަލަޞްޠީނުގެ ރައްޔިތުން އުރުދުން އަށް ގެންދާނަންތޯ ނޫސްވެރިންގެ ސުވާލަށް ޖަވާބުދެމުން އަބްދުالله ވިދާޅުވީ އޭނާ ކަންކުރާނީ އޭނާގެ ޤައުމަށް އެންމެ ރަނގަޅު ގޮތަށްކަމުގައެވެ.

ބައްދަލުވުމަށްފަހު އެކްސްގައި ކުރި ޕޯސްޓެއްގައި ރަސްގެފާނު ވަނީ ޣައްޒާ އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަޞްޠީނުގެ ރައްޔިތުން އުރުދުންއަށް ގެންދިއުމާ ގުޅޭގޮތުން އުރުދުންގެ ސްޓޭންޑަށް ބަދަލެއް ނާންނަ ކަމަށާއި, އެއީ ހުރިހާ އަރަބި ޤައުމުތަކުން އެއްބަސްވެފައިވާ ސްޓޭންޑް ކަމުގައި ބުނެފައެވެ. އެއީ ޣައްޒާ އާރާސްތުކުރާނީ ޣައްޒާގެ ރައްޔިތުންނާ އެކުގައި ކަމުގައާއި ޣައްޒާގެ އިންސާނީ ހާލަތު ރަނގަޅުކުރުމަކީ އެންމެ މުހިއްމު ކަންތައް ކަމުގައެވެ. އަދި މެދުއިރުމައްޗަށް ސުލްޙް ގެނައުމުގައި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow