
އިރާނުން ރައްދު ހަމަލާ ދޭން ފަށައިފި, މުޅި އިޒްރާއިލްގައި ސައިރަންގެ އަޑު
އިޒްރާއިލްއިން ދެމުންދާ ހަމަލާތަކުގެ ބަދަލުގައި އީރާނުންވެސް ރައްދު ހަމަލާދޭން ފަށައިފިއެވެ. ވެރިރަށް ތެލް އަވީވް އިން ގޮވުމުގެ އަޑުފަށްގަނޑު އިވިފައި ވާއިރު މުޅި އިޒްރާއިލް ގުގުމާލާފައިވަނީ ސައިރަންގެ އަޑުން ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން އިޒްރާއިލްގެ ޑިފެންސް މިނިސްޓްރީ ހުންނަ ސަރަހައްދުންވެސް ވަނީ އަލިފާނުގެ އަސަރު ފެނިފައެވެ. އިޒްރާއިލްގެ ޗެނަލް 13 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރީގެ މައި މަރުކަޒުކައިރިން އަލިފާނުގެ އަސަރު ފެނިފައިވާއިރު ހެޔޯމްގެ އިންވަނީ މެދުތެރޭ އިޒްރާއިލްއަށް ހަތް ރޮކެޓް ވެއްޓިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
"އީރާނުން އިތުރު މިސައިލްތަކެއް އަަހަރެމެންނާ ދިމާއަށް ފޮނުވާލައިފި" އިޒްރާއިލްގެ އަސްކަރިއްޔާގެ ބަޔާނެއްގައި ބުނެފައި ވެއެވެ.
އުރުދުންގެ ވެރިރަށް އައްމާން ގައި ހުރި އަލްޖްޒީރާގެ ނޯރް އޮޑަރ ރިޕޯޓްކުރި ގޮތުގައި އިޒްރާއިލް އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައިވެސް ވަނީ ސައިރަންގެ އަޑުފަށްގަނޑު ގަދަވެފައެވެ. އަދި އިޒްރާއިލްގެ ރައްޔިތުންނަށް ވަނީ ގެއިން ނުނިކުމެ ތިބުމަށް އިރުޝާދު ދެވިފައެވެ.
ނޯރް ބުނިގޮތުގައި ޖައްވުގައި ހަމަލާތައް ދިފާއުކުރާ މަންޒަރު އަންމާނަށްވެސް ފެނެއެވެ. އަދި އަންމާންގެ ސިފައިންވެސް ވަނީ އެގައުމުގެ ރައްޔިތުންނަށް ގެއިން ނުނުކުމެ ތިބުމަށް އިރުޝާދު ދީފައި ކަމުގައި ނޯރް ބުނެފައި ވެއެވެ.
(ތަފްޞީލް އަންނަނީ.....)
ރިއެކްޝަންސް






